twitterviber whatsapp telegramfacebookyoutube instagram
12th August 2026

ކެލާއިން ޓޫރިޒަމަށް އިތުރު ބިން ދޫކުރަނީ

ޚަދީޖާ އާދަމް
Feb 15, 2021

ހއ ކެލާގައި ޓޫރިސްޓު ހޮޓަލާއި ގެސްޓް ހައުސް ހިންގުމަށް އެރަށުން އިތުރު ބިން ދޫކުރަން ނިންމައިފި ޓޫރިޒަމް މިނިސްޓްރީއާއި އެރަށު ކައުންސިލާ ދެމެދު އެމްއޯޔޫގައި ސޮއިކޮށްފި އެވެ.

މިއަދި ސޮއި ކުރެވުނު އެމްއޯޔޫގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާނެވެ. ކެލާ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން އެވެ.

ކެލާ އިން ޓޫރިސްޓުު ހޮޓާ އަދި ގެސްޓްހައުސް ތަރައްގީ ކުރުމަށް 14 ބިމެއް ދޫކުރާނެ އެވެ. އޭގެ ތެރޭގައި 5،000 އަކަފޫޓުގެ 12 ބިމަކާއި 10،000 އަކަފޫޓުގެ ދެ ބިމެއް ހިމެނެ އެވެ.

އަލަށް ދޫކުރާ ބިންތައް ތަރައްގީ ކުރަން މި މަހުގެ ތެރޭ ބީލަމަށް ހުޅުވާލާނެ ކަމަށް ކެލާ ކައުންސިލުން ބުންޏެވެ.

ޓޫރިޒަމަށް ބިން ދޫކުރަން ނިންމުމަކީ އެރަށުގައި ވަޒީފާގެ ފުރުސަތުތައް ހުޅުވި ޓޫރިޒަމް ކުރިއަރުވައި ރަށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތަށް ލިބުނު އިތުރު ބާރެއް ކަމަށް އެރަށު ކައުންސިލުން ފާހަގަ ކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355