twitterviber whatsapp telegramfacebookyoutube instagram
30th March 2026

ކޭލަކުނާއި ފަރުކޮޅު އިކޯ ޓުއަރިޒަމަށް ތަރައްގީކުރަނީ

އަބްދުލް ވާހިދު ޙަސަން
Apr 23, 2025
2

ހދ ކޭލަކުނާއި ށ ފަރުކޮޅުގައި އީކޯ ޓުއަރިޒަމް ފެށުމަށްޓަކާ ކުރަން ޖެހޭ މަސައްކަތްތައް ބަލައި އެކަން ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިޤް އިބުރާހިމް ވިދާޅުވެއްޖެ އެވެ.

ގުރުދަތީ ހާއްސަ ސިފަތަކެއް ލިބިފައިވާ ކޭލަކުނާއި ފަރުކޮޅަކީ ހިމާޔާތްކޮށްފައިވާ ދެ ރަށެކެވެ. ކޭލަކުނަކީ ރާއްޖޭގައި ހަމައެކަނި 'ފޮރެސްޓް' ސިފަ ލިބިފައިވާ ރަށެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ތޯރިޤް ވިދާޅުވީ، ދެ ރަށުގައި އިކޯ ޓޫއަރިޒަމް ބޭނުމަށް ހުޅުވާލުމަށް އެންމެ ރަނގަޅު ގޮތަކީ ކޮބާތޯ ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން ފަރުކޮޅަށް ރޭންޖަރސް ނެގުމުގެ މަސައްކަތްކުރަމުންދާއިރު އިކޯ ޓުއަރިޒަމަށް ބޭނުންވާ ފެސިލިޓީ ޑިޒައިންކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ ކުރިއަށްދާނެ ކަމަށެވެ. އަދި މިހާރު ވަނީ އެކަމަށް ބޭނުންވާ ޕްރޮޖެކްޓް މެނޭޖްމެންޓް ޓީމުވެސް ނެގިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޭލަކުނުގައި އީކޯ ޓުއަރިޒަމް ތަރައްގީކުރާނީ ކޮން ގޮތަކަށްތޯ ޕްލޭންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކު ހަދަން ހުޅުވާލުމާއި ގުޅިގެން ހުށަހެޅުންތައް ލިބިފައިވާ ކަމަށާ، އެ ހުށަހެޅުންތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރު ތޯރިޤް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355