twitterviber whatsapp telegramfacebookyoutube instagram
8th June 2026

އިއްޔެ ރާއްޖެއަށް 4،856 ފަތުރުވެރިން އައިސްފައިވޭ، މިއީ ރެކޯޑެއް

ޚަދީޖާ އާދަމް
Feb 15, 2021

ރާއްޖޭގެ ބޯޑާރު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ އިއްޔެ އެވެ. އެގޮތުން އިއްޔެ 4،856 ފަތުރުވެރިން އައިސްފައިވާއިރު ދެން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހު 12 ވަނަ ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މިމަހުގެ 12 ވަނަ ދުވަހު 4،809 ފަތުވެރިން އައިސްފައިވާއިރު، 13 ވަނަ ދުވަހު 4،480 ޓޫރިސްޓުން އައިސްފައިވާ ކަމަށް ހިސާބުތައް ދައްކައެވެ.

މިއަހަރުގެ މިހާތަނަށް 138,912 ޓޫރިސްޓުން އައިސްފައިވާއިރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 3،000 އެއްހައި ޓޫރިސްޓުން އަންނަ ކަމަށް މިނިސްޓްރީގެ ހިސާބުތައް ދައްކައެވެ. މިވަގުތު ޓޫރިސްޓުންނަށް ހިދުމަތްދޭ 641 ފެސިލިޓީ ހިންގަމުންދާއިރު އެއީ ޖުމްލަ 43,976 އެނދެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިޔާ، އިންޑިޔާއަދި ޔޫކްރެއިނުންނެވެ. އެގޮތުން ރަޝިޔާއިން މިއަހަރު މިހާތަނަށް 30،499 ފަތުރުވެރިން އައިސްފައިވާއިރު އިންޑިޔާއިން 30،295 ފަތުރުވެރިން އައިސްފައި ވެއެވެ. ޔޫކްރެއިނުން މިހާތަނަށް އައިސްފައިވަނީީ 9،955 ފަތުރުވެރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355