twitterviber whatsapp telegramfacebookyoutube instagram
27th February 2021

އެވިޑް ކޮލެޖްގެ އެމް.ބީ.އޭ ކޯސް މުރާޖައާކުރުމަށްފަހު ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި

Feb 16, 2021

އެވިޑްކޮލެޖުން ހިންގަމުން އައި މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ކޯސް، މުރާޖައާކުރުމަށްފަހު ޒަމާނާއެއްގޮތަށް ފަރުމާކޮށް ދަރިވަރުންނަށް ކިޔެވުމުގެ ފުރުސަތަށް ހުޅުވާލައިފިއެވެ. މިގެނެވުނު ބަދަލުތަކާއެކު މިކޯހަކީ ވާދަވެރި ވަޒީފާގެ މާހައުލަށް ތައްޔާރުވުމުގައި ހުރިހާ ގޮތަކުންވެސް ދަރިވަރުންނަށް އެހީތެރިކަން ލިބިގެންދާނެ ފަދަ ކޯހަކަށް ވާނެކަމުގެ ޔަގީންކަން އެވިޑް ކޮލެޖުގެ މެނޭޖްމަންޓްގެ ފަރާތުން ދިނެވެ.

މިކޯހަށް އަލަށް އިތުރުކުރެވުނު މޮޑިއުލްތަކުގެ ތެރޭގައި "ލީޑަރޝިޕް އިފެކްޓިވްނަސް" މޮޑިއުލްގެ ސަބަބުން ވަޒީފާގެ މާހައުލުގައި ކަންކަމަށް އިސްނެގުމާއި އަދި މަތީ ފަންތީގެ މަޤާމްތައް އަދާކުރުމަށް ބޭނުންވާ ފަންނީ ޤާބިލްކަމާއި ހުނަރުވެރިކަން ލިބުމުގެ މަގު، ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.

އަދި މުރާޖައާ ކުރެވުނު މޮޑިއުލްތަކުގެ ތެރޭގައި "މެނޭޖީރިއަލް އިކޮނޮމިކްސް" އަދި "އީ-ބިޒްނަސް މެނޭޖްމެންޓް" ހިމެނެއެވެ. ދުނިޔެއަށް ކުރިމަތިވެފައިމިވާ ޕެންޑަމިކް ގެ ސަބަބުން، ދިރިއުޅުގެ ގިނަ ކަންކަން މިހާރު އޮންލައިންކޮށް ކުރުމަށް ވަނީ މަޖުބޫރު ވެފައެވެ. "އީ-ބިޒްނަސް މެނޭޖްމެންޓް" މޮޑިއުލް އިން ކާމިޔާބުކަމާއެކު އޮންލައިންކޮށް ވިޔަފާރިކޮށް އަދި ބެލެހެއްޓުމުގެ ފަންނު އުނގަންނައި ދެވޭނެއެވެ.

މުޅި ދުނިޔެ އިންޓަރނެޓް ގެ ދުނިޔެއަށް ބަދަލުވެގެން ދާއިރު، މި ކަމަށް ދަރިވަރުން އަހުލުވެރި ކުރުވުމަކީ އެވިޑް ކޮލެޖުން ވަރަށް ބޮޑު އަހަމިއްޔަތެއްދޭ ކަމެކެވެ. އަދި "މެނޭޖީރިއަލް އިކޮނޮމިކްސް" މޮޑިއުލް އަކީ އިގްތިޞާދަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ވިޔަފާރީގެ ސްޓްރެޓެޖީތައް އެކުލަވާލައި ވިޔަފާރީގައި ކާމިޔާބު ހާސިލުކުރަން ބޭނުންވާ ފަންނުވެރިކަން ދަރިވަރުނަށް ދަސްކޮށްދެވޭނެ މޮޑިއުލްއެކެވެ.

މިކޯހުގެ ފައިނަލް ޕްރޮޖެކްޓްގެ ގޮތުގައި ދަރިވަރުންނަށް ތަފާތު ޢިލްމީ ދިރާސާކުރުމުގެ އިޙްތިޔާރުތަކެއް ފަހިކޮށްދެވިފައިވެއެވެ. އޭގެ ތެރޭގައި ބިޒްނަސް ރިސަރޗް ޑެސެޓޭޝަނެއް ލިޔުމާއި، ސްޓްރެޓީޖިކް ކޮންސަލްޓިން ޕްރޮޖެކްޓެއް ހެދުމާއި އަދި ބޭނުންވާ ވިޔަފާރިއަކަށް ބިޒްނަސް ޕްރޮޕޯސަލް ހެދުމުގެ ފުރުޞަތު ހިމެނެއެވެ.

މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަންއަށް ރެޖިސްޓަރ ކުރުމުގެ ފުރުޞަތު އެވިޑް ކޮލެޖުން ވަނީ މިހާރު ހުޅުވާލާފައެވެ. މޭ އިންޓޭކް ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހަށް ތިރީގައިމިވާ ލިންކް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ.

https://www.avidcollege.edu.mv/online-application-form

2005 ވަނަ އަހަރު އުފެދިގެން އައި އެވިޑް ކޮލެޖަކީ، ހެޔޮއަގުގައި މަތީތަޢުލީމު ދިވެހިންނަށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖެވެ. އެވިޑް ކޮލެޖްގެ ކެމްޕަސްތައް މާލެ ސިޓީ އަދި ތިނަދޫގައި ޤާއިމްކުރެވިފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355