twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައްވެސް ހިންގޭނީ ދިގުމުއްދަތަށް ބިން ކުއްޔަށް ދީގެން: އަސްލަމް

ޚަދީޖާ އާދަމް
Feb 17, 2021
1

ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން، ރަށްރަށުގެ ބިންތައް ދިގު މުއްދަތަކަށް ކުއްޔަށް ދީގެން ފައިސާ ހޯދައިގެން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މިއަދު ގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުގެ ވިސްނުމެއް ނެތްކަމަށެވެ. ސަރުކަރުގެ ވިސްނުން ހުރީ ކައުންސިލްތަކުން އެ ރަށެއްގެ ބިން ވިއްކައިގެން ލިބޭ ލާރި ސީޑް މަނީގެ ގޮތުގައި ބޭނުން ކޮށްްގެން މަޝްރޫއުތައް ހިންގުން ކަމަށެވެ.

އެ ކޮންސެޕްޓްގައި މަޝްރޫއުތައް ހިންގާނީ ރަށުކައުންސިލާއި ބޭންކާއި ގޯތީގެ ވެރިފަރާތް ވެސް ބައިވެރިވެގެންކަމަށާއި ނަމަވެސް ރާއްޖޭގެ ކޮންމެ ރަށަކީ އެގޮތަށް ވިޔަފާރި އުސުލުން ހައުސިން މަަޝްރޫއުތައް ހިންގޭނެ ރަށަކަށް ނުވެދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ސަރުކާރުން އިންޓަވެން ކުރާނީ އެފަދަ ރަށްތަކަށް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެެވެ.

ހައުސިން މަޝްރޫއުތައް ހިންގުމަށް ޓަކައި 25 ރަށަކުން 99 އަހަރަށް ބިން ކުއްޔަށްދިނުމަށް ޓަކައި އެކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ހުށަހަޅުއްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ރަށްރަށުން ބިން ކުއްޔަށް ދޭން ކަނޑައަޅާފައިވާ ބޭސް ވެެލިއު އިން ބަލާއިރު، ކުއްޔަށްް ދެވެން ހުރި ބިންތަކުން 1.3 ބިލިޔަން ރުފިޔާ ލިބޭނެ ކަމަށް އަަންދާޒާ ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހައުސިން އަކީ މާކެޓްގައި ވެލިއު ހުރި ޕްރޮޑަކްޓެއް ކަމަށާއި އެކަން ހިންގޭނީ ހަމަ ވިޔަފާރި އުސޫލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355