twitterviber whatsapp telegramfacebookyoutube instagram
8th November 2026

10 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމްކުރަނީ

ޚަދީޖާ އާދަމް
Feb 18, 2021

އެންވަޔަރަމަންޓް މިނިސްޓްރީން 10 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒު ގާއިމު ކުރުމަށް އެ ރަށްރަށުގެ ކައުންސިލްތަކާއެކު އެއްބަސް ވުމުގައި ސޮއިކޮށްފި އެވެ.

މި އަހަރުގެ ބަޖެޓުގައި މި މަޝްރޫއުތަކަށް ޖުމުލަ 9.1 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

އެގޮތުން ކުނި މެނޭޖުކުރާ މަރުކަޒުތައް ގާއިމް ކުރުމަށް ނިންމާފައިވަނީ ހއ އަތޮޅުން އިހަވަންދޫ، ދިއްދޫ، ވަށަފަރު އަދި އުތީމެވެ. ހދ އަތޮޅުން ނައިވާދޫ، ހަނިމާދޫ، ނޮޅިވަރަންފަރު އަދި ނެއްލައިދޫ އެވެ. މީގެ އިތުރުން ދެން މަރުކަޒު ގާއިމް ކުރުމަށް ނިންމާފައިވަނީ ށ ނަރުދޫއާއި، ގދ ތިނަދޫގައެވެ.

މި މަސައްކަތުގެ ޓެންޑެރިން މަސައްކަތް ކުރާނީ އެ ރަށެއްގެ ކައުންސިލަކުންނެވެ. ނަމަވެސް މަސައްކަތް ކުރުމަށްޓަކައި އެންވަޔަރަމަންޓް މިނިސްޓްރީން ކައުންސިލްތަކަށް ޓެކްނިކަލް ލަފާ އަރުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293