twitterviber whatsapp telegramfacebookyoutube instagram
12th September 2026

ވެކްސިންޖެހި އުމުރުން ދުވަސްވީ މީހަކު މަރުވި މައްސަލައެއް ބަލަނީ

ޚަދީޖާ އާދަމް
Feb 19, 2021

ކޮވިޑް ވެކްސިން ޖެހި އުމުރުން ދުވަސްވީ މީހަކު މަރުވި މައްސަލައެއް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބަލަން ފަށައިފި އެވެ.

އެ އެޖެންސީން ބުނީ މަރުވެފައިވަނީ 93 އަހަރުގެ ފިރިހެނަކެއް ކަމަށާއި އެމީހާއަށް ވެކްސިން ދިނީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. އަދި އެމީހާއަކީ އެކި ސިއްހީ މައްސަލަތަކާއި ހުރެ ބަލި އެނދުގައި އޮންނަތާ 10 އަހަރު ވެފައިވާ ކަމަށެވެ.

ވެކްސިނާ ގުޅުމެއް ނެތަސް، މަރުވުން ހިމެނޭ ގޮތުން، ސިއްހީ ގޮތުން ނުރައްކާތެރި ކަންކަން ހިނގައިފާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އެޗްޕީއޭ އިން ބުނީ ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން، އެ މަރުގެ ހަގީގަތް ދެނެގަތުމަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ތަހުގީގު ނިމުމުން އެކަމުގެ ތަފްސީލް ހާމަކުރާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293