twitterviber whatsapp telegramfacebookyoutube instagram
24th September 2026

ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އަލްޓްރާއަށް އުރީދޫ 5ޖީ ހިދުމަތް

Feb 19, 2021

ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ބޭނުންކުރާ މީހުންނަށް އުރީދޫގެ 5ޖީ ހިދުމަތް ދޭން ފަށައިފި އެވެ.

އުރީދޫއިން ބުނީ ސެމްސަންގް ގެލެކްސީ އެސް 21 ޕްލަސް އަދި އެސް 21 އަލްޓްރާ ގެންގުޅޭ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި މިހާރު 5ޖީގެ ލިބޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯކް އާއެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް މި ފަހުން ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައެވެ. އޭގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް، ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމެނޭ ކަމަށް އުރީދޫއިން ބުނެ އެވެ.

އެގޮތުން 5ޖީ ޓެކްނޮލޮޖީ އާއި އެކު އިންޓަނެޓުގެ ސްޕީޑު އިތުރުވުމުގެ އިތުރުވުމާއި އިންޓަނެޓަށް ކަނެކްޓް ކުރުމުގައި ދިމާވާ މައްސަލަތަށް ވެސް ކުޑަވެގެން ދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293