twitterviber whatsapp telegramfacebookyoutube instagram
8th November 2026

75 މިނީ ޑޭޓާ ބަންޑްލެއް އެކްޓިވޭޓްކޮށްގެން %200 ޑޭޓާ ލިބޭ ހާއްސަ އޮފާއެއް ދިރާގުން

Feb 19, 2021

ދިރާގުގެ ޕްރީޕެއިޑް ކަސްޓަމަރުން 75 ރުފިޔާ ގެ މިނީ ޑޭޓާ ބަންޑްލްއެއް އެކްޓިވޭޓް ކޮށްގެން 200 އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް 75 ރުފިޔާ އަށް 1.5 ޖީބީގެ ބަދަލުގައި 4.5 ޖީބީގެ ޑޭޓާ ލިބިގެންދާނެ ކަމަށާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މި ތައާރަފު ކުރި އޮފާ، ދިރާގު މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ 343 އަށް އެސް.އެމް.އެސް އެއް ފޮނުވައިގެން އެކްޓިވޭޓު ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

މި ޕްރޮމޯޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 3 މާރިޗު 2021 ނިޔަލަށެވެ.

މީގެ އިތުރުން ދިރާގުން ވަނީ ދާދި ފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބޮޑު ބަދަލުތަކެއް ގެނެސް، "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް" ތައާރަފުކޮށްފައެވެ. މި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ، އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެކަމަށާއި އަދި ހިލޭ "ޕަރކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބޭނެ ކަމަށް ދިރާގުން ބުނެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293