twitterviber whatsapp telegramfacebookyoutube instagram
8th June 2026

މަމެން ޑޭޓާ އެޑް އޮން ތަކުން މިހާރު 50 ޕަސެންޓް ޑިސްކައުންޓް

ޚަދީޖާ އާދަމް
Feb 24, 2021

ދިރާގުން މަމެން ޑޭޓާ އެޑް-އޮން ތަކުން އަނެއްކާވެސް ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން 3 މާޗުގެ ނިޔަލަށް 50 ޕަސެންޓް ޑިސްކައުންޓް މަމެން ޑޭޓާ އެޑް އޮން ތަކުން ލިބިގެން ދާނެއެވެ.

ދިރާގުން ބުނީ ޕްރޮމޯޝަން ނިމުމާ އެކު ކުރީގެ މޮރޮމޯޝަނުގައި ވާ ގޮތަށް ކަސްޓަމަރުންނަށް 15 ޕަސެންޓް ޑިސްކައުންޓް މަމެން ޑޭޓާ އެޑް-އޮންތަކުން ލިބިގެންދާނެ ކަމަށެވެ.

ޑޭޓާ އެޑް-އޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލާލެވޭނެ ކަމަށާއި ޕެކޭޖްތަކުގެ އަދަދު ދައްކާފައިހުންނާނީ "އާރބީ" އިން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

އަދި ޕެކޭޖް ގަތުމާއެކު "އާރބީ"ގެ ބެލެންސުން ކެނޑިގެން ދާނެކަމަށާއި ހުރިހާ ކަސްޓަމަރުންވެސް އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައިއެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސްއެމްއެސް ކޮށްގެން ނުވަރަ *142# އަށް ގުޅާލައިގެން ބަލާލެވޭނެއެވެ.

ދިރާގުންވަނީ ހާއްސަ ޑޭޓާ އެޑްއޮން ޕެކޭޖްތައްކެއްވެސް ތައާރަފްކޮށްފައެވެ. މި އެޑް އޮން ތަކަކީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގ ގެ ބޭނުންތަކަށް ހާއްސަ ކޮށްގެން ފަރުމާ ކޮށްފައިވާ އެޑްއޮން ތަކެކެވެ. ކަސްޓަމަރުންނަށް 7 ދުވަހާއި 15 ދުވަހާއި އަދި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑް-އޮން ނެގޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355