twitterviber whatsapp telegramfacebookyoutube instagram
15th September 2026

ނޭކުރެންދޫ މޮނީޓަރިން އިން ނަގައިފި

ޚަދީޖާ އާދަމް
Feb 27, 2021

ހދ ނޭކުރެންދޫއިން ރިސޯޓަށް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މިމަހުގެ 22 ވަނަ ދުވަހު މޮނީޓަރިންގެ ލުމަށްފަހު ރޭ މޮނީޓަރިންގެ ހާލަތުން ރަށް ނަގައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނީޓަރިންނަށް ލައިފައިވަނީ މިމަހު 20 ވަނަ ދުވަހު އެރަށުން ރިސޯޓަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުންނެވެ.

އެޗްޕީއޭއިން ބުނީ އެރަށް މޮނީޓަރިންއިން ނަގާފައިވަނީ ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށްފަހު މޮނީޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތުމުން ކަމަށެވެ.

މޮނީޓަރިންގެ ހާލަތުގައި ކޮވިޑަށް ޓެސްޓު ކުރުމަށް އެރަށުން ވަނީ 51 ސާމްޕަލް ނަގާފައެވެ. ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްވެފައިވާއިރު އޭގެތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި 8 މީހަކު ހިމެނޭކަމަށް އެރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

އެރަށުން ޕޮޒިޓިވްވި މީހާއަކީ މިދިޔަ ޖެނުއަރީ މަހު ރަށަށް އައިސް ކަރަންޓީނުވެސް ފުރިހަމަކޮށްފައިވާ މީހެކެވެ. އެމީހާގެ ރިލީޒް ސާމްޕަލްވެސް ނެގެޓިވް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293