twitterviber whatsapp telegramfacebookyoutube instagram
26th April 2024

ވޯޓުލާ މަރުކަޒުތަކަށް އޮފިޝަލުން ހޯދުމަށް އަލުން އިއުލާންކޮށްފި

ޚަދީޖާ އާދަމް
Mar 4, 2021
1

އިންތިހާބުގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.

އަންނަ އެޕްރީލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބަށް ކުރިން އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ކުރިމަތިލާ އަދި ކޮމިޝަނުން އޮފިޝަލުންގެ ގޮތުގައި ހޮވުނުކަން އަންގާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅަންނުޖެހޭނެ ކަމަށް އީސީން މައުލޫމާތު ދެއެވެ.

ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން މިކަމަށް ހާއްސަ ކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއެކު [email protected] އަށް ފޮނުވުމަށް އީސީން ވަނީ އެދިފައެވެ. އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފޯމު ރަށު/އަތޮޅު/ސިޓީ ކައުންސިލް އިދާރާއިންނާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv އިން ލިބެންހުންނާނެ ކަމަށް އީސީން ބުނެއެވެ.

އީސީން ބުނެފައިވަނީ ކުރިއަށް އޮތް އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި 7000 އާއި 8000 އާ ދެމެދުގެ އަދަދަކަށް އޮފިޝަލުން ބޭނުންވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. ބޭނުންވާ އަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެ ކަމަށްވެސް އީސީން ބުނެއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އޮތް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބަށް ބޭނުންވާ އޮފިޝަލުންގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 50 އިންސައްތައަށް ވާވަރުގެ އޮފިޝަލުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355