twitterviber whatsapp telegramfacebookyoutube instagram
19th March 2024

ދިވެހިން ތިބި ވަޒީފާތަކަށް ބިދޭސީން ނުގެނެވޭގޮތް ހަދަނީ

ޚަދީޖާ އާދަމް
Mar 5, 2021
2

ޝަރުތު ފުރިހަމަވާ ދިވެހިން ތިބި ވަޒީފާތަކަށް ބިދޭސީ މުވައްޒަފުން ނުގެނެވޭގޮތަށް ގަވައިދަށް ގެންނާނެ ކަމުގެ ޔަގީންކަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ދެއްވައިފި އެވެ.

މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީގެ "ރަށްވެހި ފަތިސް" ކެމްޕޭންގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ ވަޒީފާގެ ބާޒާރަށް ދިވެހިން ނެރުން އިތުރުކުމަށާއި ވަޒީފާ ނެތް ފަރާތްތަކަށް ވަޒީފާ ހޯދައިދިނުމަށް ބޮޑެތި ޕްރޮގްރާމެއްތަކެއް ކުރިއަށް ގެންދާ ކަމަށާ އެއީ އެގިނަ ތައްޔާރީތަކެއް ވެގެން ކުރެވެން އޮތް ކަމަކަށް ވާތީ ވޯލްޑް ބޭންކާއި ހަޔާ އެޑިއުކޭޝަން މިނިްސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ދިރާސާތަކެއް ކޮށްފައިވާނެ ކަމަށެވެ.

އެގޮތުން އެންމެ ރަނގަޅު މުސާރަ ލިބޭ ވަޒީފާތައް މިހާރު ދެނެގަނެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓު ދާއިރާގައި ހުރި އެފަދަ ވަޒީފާތަކަކީ ކޮބާތޯ ބަލައި އެކަމަށް ބޭނުންވާ ޓްރެއިނިންމާފައިވާ ކަމަށާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ޓިވެޓް ޕްރޮގްރާމް ތެރޭ އެ މަސައްކަތް ކޮންމެސް ވަރަކަށް ފެށިފައި ވާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޓާގެޓް ހިފާފައި ވަނީ މަތީ ފަންތީގެ ނުވަތަ މިޑް މެނޭޖްމަންޓް ލެވެލްގެ ވަޒީފާތަކަށް ކަމަށެވެ. އެ މަސައްކަތް ކުރަނީ ޖޮބް ސެންޓަރު މެދުވެރިކޮށް ކަމަށާއި ޖޮބް ސެންޓަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ދާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355