twitterviber whatsapp telegramfacebookyoutube instagram
6th April 2026

އުރީދޫ ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މާއުނގޫދޫއަށް

Mar 11, 2021

އުރީދޫ މޯލްޑިވްސް ސުޕަރނެޓް ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް ށ. މާއުނގޫދޫއަށް ތައާރަފްކޮށްފިއެވެ. 100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕަރނެޓްގެ ހިދުމަތް މާއުނގޫދޫއިން ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫގެ އެކްޓިންގް ޗީފް ކޮމަރޝަލް އޮފިސަރ ހުސައިން ނިޔާޒު ވިދާޅުވީ ޑިޖިޓަލް ހިދުމަތްތަކާއިއެކު މުޖުތަމައުތައް ކުރިއެރުވުމަށް އަބަދުވެސް އުރީދޫއިން މަސައްކަތް ކުރާކަމަށާއި މިދިޔަ އަހަރުގެ ތެރޭގައި ވަރަށް ގިނަ ވިޔަފާރިތައް އަދި އާންމު ދިރިއުޅުމަށް މުހިންމު އެތައް ޚިދުމަތްތަކެއްވެސް ޑިޖިޓަލް ޒަރިއްޔާތަކަށް ބަދަލު ކުރަމުންދާއިރު ފެންވަރު ރަނގަޅު އިންޓަނެޓްގެ މުހިންމުކަންވެސް ދަނީ އިތުރުވަމުން ކަމަށެވެ.

ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން ދާދި ފަހުން ވަނީ އުރީދޫ ސުޕަރނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަރނެޓް ކަސްޓަމަރުންނަށް 5ގުނަ އިތުރު ސްޕީޑާއެކު %68 އާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355