twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ޖަޕާނުން 15.9 މިލިއަން ރުފިޔާގެ އެހީއެއް

ޚަދީޖާ އާދަމް
Mar 11, 2021

ރާއްޖޭގައި ކުރިޔަށްގެންދާ ކޮވިޑް-19 ވެކްސިން ޕްރޮގްރާމަށް ޖަޕާނުގެ ސަރުކާރުން 15.9 މިލިއަން ރުފިޔާގެ އެހީއެއް ދީފި އެވެ. މި އެހީއަކީ ޔުނިސެފް މެދުވެރިކޮށް ޖަޕާނުން ފޯރުކޮށްދިން އެހީއެެކެވެ.

ޖަޕާނުގެ އެހީއާއިއެކު ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ. ރާއްޖެއަކީ ޖަޕާނު ސަރުކާރުން ޔުނިސެފް މެދުވެރިކޮށް ކުރިޔަށްގެންދާ "ލާސްޓް ވަން މައިލް ސަޕޯޓު" ޕްރޮގްރާމުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭ 25 ގައުމުގެ ތެރެއިން އެއް ގައުމެވެ.

ޔުނިސެފްއިން ބުނިގޮތުގައި މި އެހީގެ ދަށުން ހޯދޭ އާލާތްތަކަކީ ރާއްޖޭގައި ޖަހާ ކޮވިޑް-19 ވެކްސިން ރައްކާތެރިކުރުމަށް ބޭނުންކުރެވޭ އާލާތްތަކެވެ.

އެގޮތުން އެހީގެ ދަށުން ރާއްޖޭގައި ކުރިޔަށްގެންދާ ވެކްސިން ޕްރޮގްރާމްގެ ސަޕްލައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދަން ބޭނުންވާ ކޯލްޑް ޗެއިން އިކުއިޕްމެންޓް (ސީސީއީ) އިތުރުކުރެވޭނެ އެވެ..

އޭގެ ތެރޭގައި ޑްރައި-އައިސް އުފައްދާ މެޝިން، އައިސް-ލައިންޑް ފްރިޖް، އަދި މި ތަކެތި އިންސްޓޯލްކުރުމަށް ބޭނުންވާ ލޮޖިސްޓިކަލް އެހީތެރިކަންވެސް ފޯރުކޮށްދެވޭނެ

މި އެހީގެ ސަބަބުން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ އިތުރުން މުވައްޒަފުން ސީސީއީ އިކުއިޕްމެންޓްތަކަށް ފަރިތަވެ އެ ދާއިރާގެ ކެޕޭސިޓީވެސް އިތުރުވެގެންދާނެކަމަށް ޔުނިސެފްއިން ބުންޏެވެ.

މި ޕްރޮގްރާމަކީ ކޯވެކްސް ފެސިލިޓީއާއިއެކު ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. ޔުނިސެފް އަކީ ރާއްޖޭގައި ކޮވިޑް-19 އާއި ދެކޮޅަށް ކުރިޔަށްގެންދާ ގައުމީ މަސައްކަތުގެ މުހިންމު ބައިވެރިއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355