twitterviber whatsapp telegramfacebookyoutube instagram
18th June 2026

ލަންކާގައި މޫނު ބުރުގާ މަނާކޮށް އިސްލާމީ ތައުލީމް ދޭ ސްކޫލުތައް ބަންދުކުރަނީ

ޚަދީޖާ އާދަމް
Mar 14, 2021
1

ސްރީލަންކާގައި މޫނު ބުރުގާއެޅުން މަނާކޮށް އިސްލާމީ ތައުލީމު ދޭ 1،000 ސްކޫލު ބަންދުކުރުމަށް އެގައުމުގެ ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

އެ ގައުމުގެ ބްލިކް ސެކިއުރިޓީ މިނިސްޓަރ ސަރާތް ވީރަސެކެރާއާ ހަވާލާދީ އެ ގައުމުގެ ނޫސްވަތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، ފަނަރަރަހާހަށްވުރެ ގިނަ ދިވެހިން ދިރިއުޅުމުން އަންނަ ލަންކާގައި އެ ފިޔަވަޅު އެޅުމަށް ކެބިނެޓް ޕޭޕަރުގައި ސޮއިކޮށް ވަނީ ހުށަހަޅާފައެވެ. އޭނާ ވިދާޅުވީ މޫނު ބުރާގާ މަނާކުރުމުގެ އިތުރުން ރަޖިސްޓްރީނުކޮށް ހިންގަމުން އަންނަ 1،000 އިސްލާމިކް ސްކޫލްތައްވެސް ބަންދުކުރާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މީގެ ކުރީގައި މުސްލިމް އަންހެނުން އެއްގޮތަކަށްވެސް ބުރުގާ ނާޅާ ކަމަށާއި މިހާރު ބުރުގާ އަޅައިގެން އުޅުން އެއީ ހައްދުފަހަނަ އަޅައި ދިއުމުގެ ނިޝާނެއް ކަމަށާއި މޫނު އެޅުން މަނާކުރީ އެކަން ފެތުރުނަ ނުދޭނެ ކަމަށެވެ.

2019 ވަނަ އަހަރު ލަންކާގައި ހޮޓަާތަކާއި ޗާޗުތައް ގޮއްވާލުމުގެ ޓެރަރިސްޓް ހަމަލާއަށް ފަހު އެގައުމުގައި މޫނު ބުރުގާ އެޅުން ވަގުތީ ގޮތުން މަނާކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355