twitterviber whatsapp telegramfacebookyoutube instagram
17th August 2025

ދެ މަފިރިއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ފިރިމީހާ ޒަހަމްކޮށްލައިފި

Mar 15, 2021
7

ކުޅުދުއްފުށީގައި ދެ މަފިރިއަކު ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ފިރިމީހާއަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އާދިއްތަ ދުވަހު މެންދުރުފަހު ހިނގި މިހާދިސާގައި ޒަހަމްވެފައިވަނީ އުމުރުން 29 އަހަރުގެ މީހެކެވެ. މައުލޫމާތު އެނގޭ މީހަކު ބުނީ ޒަހަމްވެފައިވަނީ ފިރިހެން މީހާގެ އަތުގެ އުޅަނބޯޓާއި ކޮނޑާ ދެމެދަށް ކަމަށެވެ.

ފުލުހުން ބުނީ، ކުޅުދުއްފުށީގައި ދެ މަފިރިއެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ފިރިހެން މީހާއަށް ތޫނު އެއްޗަށްކުން އަނިޔާވެފައިވި މައްސަލައެއް އިއްޔެ 14:00 ގައި ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން ތަހުގީގުކުރުމުންދާކަމަށް އެފަރާތުން ބުނެ އެވެ. ކޭއާރުއެޗުން ބުނީ އެފަދަ މައްސަލައެއްގައި ޒަހަމްވެގެން ގެނައި މީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.

ތަހުގީގުކުރަމުންދާ މައްސަލައެއްވުމުން މައްސަލާގައި އިތުރު މައުލޫމާތެއް ނުލިބުނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355