twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޕޮލިސް ބޯޑަށް އާންމު ރައްޔިތުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމަށް އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

Mar 16, 2021

ޕޮލިސް ބޯޑަށް އާންމު ރައްޔިތުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މަޖިލީހުން ވަނީ އާންމު ރައްޔިތުންގެ ތެރެއިން ޕޮލިސް ބޯޑަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި އެފަރާތުގެ ވަނަވަރާއި ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި ލިބިފައިވާ މަސައްކަތު ތަޖުރިބާގެ މައުލޫމާތު ލިޔުމުން ހުށައެޅުމަށާއި އަދި އެޕްލިކޭޝަން ފޯމާއި ކުށުގެ ރެކޯޑު ފޯމާއެކު 28 މާރިޗު 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ ގާނޫނު ނަންބަރު 2020/34 ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު ގެ 75 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް އެ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އާންމު ރައްޔިތުންގެ ތެރެއިން މެންބަރަކު ކަނޑައެޅުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށާއި އަދި ޕޮލިސް ބޯޑަށް އައްޔަންކުރެވޭ މެންބަރުންނަކީ ގާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 75 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެ ކަމަށެވެ.

އަދި ޕޮލިސް ބޯޑަށް ޢައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ގާނޫނު ނަންބަރު 2020/34 (ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު) ގެ 77 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން 4 (ހަތަރެއް) އަހަރުދުވަހެވެ. ޕޮލިސް ބޯޑަށް އާންމު ރައްޔިތުންގެ ތެރެއިން މަޖިލީހުން ދެ މެމްބަރަކު އައްޔަންކުރަންޖެހޭއިރު ޕޮލިސް ބޯޑުގެ މެމްބަރުކަމަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެމްބަރެއްގެ ގޮތުގައި ހާމިދު އަބްދުލްޣަފޫރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. އެގޮތުން ރައީސް އައްޔަން ކުރައްވަން ޖެހޭގޮތަށް ޕޮލިސް ބޯޑް އޮންނައިރު ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355