twitterviber whatsapp telegramfacebookyoutube instagram
6th June 2025

ކޭއާރުއެޗުގެ އާ އިމާރާތުގެ އެއްބުރި ހާއްސަކުރަނީ އައިސީޔޫއަކަށް

އަބްދުލް ވާހިދު ޙަސަން
Mar 24, 2021

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހަދައި އިމާރާތުގެ އެއްބުރި ހާއްސަކުރަނީ އައިސީޔޫއެއް ހެދުމަށްކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ.

ދާދި ފަހުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެ އިމާރާތް ފުރަތަމަ ހަދަން ނިންމީ ދެ ބުރިއަށްކަމަށާއި ނަމަވެސް އިމާރާތަށް އެއްބުރި އިތުރުކޮށް، ތިން ބުރިއަށް މިހާރު ހަދަމުންދާ ކަމަށެވެ.

އަދި އެ އިމާރާތުގެ އެއްބުރި ހާއްސަކުރަން ނިންމާފައިވަނީ އައިސީޔޫއެއް ގާއިމުކުރުމަށް ކަމަށްވެސް އޭނާ ވިދާޅުވީ އެވެ. އަދި އެކަމުގެ ސަބަބުން އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އާދިލް ފާހަގަކުރެއްވި އެވެ.

ކޭއާރުއެޗުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ އާ އިމާރާތުގައި ތަރައްގީކުރަން ހަމަޖެހިފައިވަނީ 6 އެނދުގެ އައިސީޔޫއެއް ކަމަށެވެ.

އިމާރާތުގެ ބޮޑުބައި މިހާރު ނިންމިފައިވާއިރު އެ އިމާރާތުގައި 30 އެނދުގެ ވާރޑެއްވެސް ހެދިގެންދާނެ އެވެ. އެހެންވުމުން މިހާރު އެ ހޮސްޕިޓަލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ އެވެ.

ކޭއާރުއެޗުގައި ޖާގައިގެ މައްސަލަ ބޮޑުވެފައިވާއިރު ވާރޑްތައް ފުރި މިހާރުވެސް ބައެއް ފަހަރު އެނދުތައް ކޮރިޑޯގައިވެސް ޖަހަން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355