twitterviber whatsapp telegramfacebookyoutube instagram
19th August 2026

ކޭއާރުއެޗުގައި އެޑްމިޓްކޮށްފައި އޮތް މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ކުޅުދުއްފުށި މޮނިޓަރިންގއަށް

އަބްދުލް ވާހިދު ޙަސަން
Mar 24, 2021
3

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިންޓްކޮށްފައި އޮތް ބަލި މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ކުޅުދުއްފުށި ސިޓީ މޮނިޓަރިންއަށް ލައިފި އެވެ.

ކޭއޯގައި މައުލޫމާތުދެއްވި ސިއްހީ އޮފިޝަލަކު ވިދާޅުވީ، ކޮވިޑަށް ޕޮޒިޓިވްވީ ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކޭއާރުއެޗަށް ފޮނުވި މީހެއް ކަމަށެވެ. ނައިފަރު ހޮސްޕިޓަލުން ޕޮޒިޓިވް ކޭޝްއެއް ފެނުމުގެ އެރަށްވެސް އޮތީ މޮނިޓަރިންއަށް ލާފައި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ކުޅުދުއްފުށިން ޕޮޒިޓިވްވެފައިވަނީ ނައިފަރުން ޕޮޒިޓިވްވި މީހާ ކައިރީގައި އެޑްމިޓްކޮށްފައިވާ މީހެކެވެ.

ކުޅުދުއްފުށި ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އޮތް މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކުޅުދުއްފުށި މި ވަނީ...

Posted by Kulhudhuffushi Regional Hospital on Wednesday, March 24, 2021

ހެލްތް އޮފިޝަލް ވިދާޅުވީ، އެ މީހާ ބަލި މީހާގެ އިތުރުން އެ މީހާގެ އެހީތެރިޔާވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ދެ މީހުން ކޭޕީއެލްގެ ކަރަންޓީން ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަތޮޅުތެރޭގެ ގިނަ ރަށްތަކަކުން ކޮވިޑް ކޭސްތަކެއް ފެންނަމުންދިޔުމުގެ ސަބަބުން ގިނަ ރަށްތަކެއް ވަނީ މިހާރުވެސް މޮނިޓަރިންއަށް ލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355