twitterviber whatsapp telegramfacebookyoutube instagram
29th September 2023

ހަތަރު މީހަކު ޕޮޒިޓިވްވެ، ކުޅުދުއްފުށީގައި ކޮވިޑް ފެތުރިދާނެކަމުގެ ބިރު ބޮޑުވެއްޖެ

- މިހާތަނަށް ހަތަރު މީހުން ވަނީ ޕޮޒިޓިވްވެފަ
- މާރޗު 21 ގެ ފަހުން ކޭއާރުއެޗަށް ދިޔަ މީހުން އަންގަން ވަނީ އެދިފަ
- މިހާތަނަށް ތިން ގެޔެއްގައި 20 މީހުން ވަނީ ކަރަންޓީނުކޮށްފަ

އަބްދުލް ވާހިދު ޙަސަން
Mar 25, 2021
2

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އޮތް ބަލި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، ކުޅުދުއްފުށީގައި ކޮވިޑް-19 ފެތުރިދާނެކަމުގެ ބިރު ބޮޑުވެއްޖެ އެވެ.

ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނިކޮށް ޕޮޒިޓިވްވިކަން އެނގުނީ ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ފޮނުވި މީހެކެވެ. އަދި އޭނާގެ ދެ އެހީތެރިޔާ އެވެ. މި މީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިމަހު 23 ވަނަ ދުވަހު އެވެ.

މިރޭ ޕޮޒިޓިވްވިކަން އެނގުނު ހަތަރު ވަނަ މީހަކީވެސް ނައިފަރުން އިތުރު ފަރުވާއަށް އައި މީހެއްގެ ފިރިމީހާ އެވެ. އެމީހަކީ ފެލިވަރުގައި މަސައްކަތްކުރާ މީހެކެވެ. އެ މީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ.

މިކަމާ ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދަމުންދާއިރު އެ މީހުންނާ ގުޅުން ހުރި 3 ގެޔަކުން 20 މީހުން ވަނީ މިހާތަނަށް ކަރަންޓީންކޮށްފަ އެވެ.

އެ މީހުން ހޮސްޕިޓަލުގައި އުޅުނު ދުވަސްތަކުގައި އެ މީހުން ކެއުމުގެ ކަންކަން ހަމަޖައްސާފައިވަނީ ހޮސްޕިޓަލް ސަރަހައްދުގެ ރެސްޓޯރެންޓްތަކުންނެވެ. އަދި ބައެއް ފިހާރަތަކަށްވެސް ވަދެފައިވެ އެވެ. މީގެ އިތުރުން އެ މީހުންނާ ގުޅުން ހުރެގެން ކަރަންޓީނުކުރި ގެތަކުގެ މީހުންވެސް އެ މުއްދަތުގައި ރަށުގެ އެކި ތަންތަނަށް ގޮސްފައިވެ އެވެ.

އެހެންވުމުގެ ސަބަބުން ރަށުތެރޭގައި ކޮވިޑް-19 ފެތުރިދާނެކަމުގެ ބިރު ވަނީ ވަރަށް ބޮޑަށް ހީވެފަ އެވެ.

ކޮންޓެކްޓް ޓްރޭސިންއާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ކޭއާރުއެޗުގެ ކޮވިޑް ހޮޓްލައިން 7606688 އާ ގުޅުއްވާ ނުވަތަ މެސެޖް ކުރެއްވުމަށް ކޭއާރުއެޗުން އިލްތިމާސްކުރެ އެވެ.

އަދި މ މާރިޗު މަހުގެ 21 ވަނަ ދުވަހުގެ ފަހުން ހޮސްޕިޓަލަށް ޒިޔާރަތް ކޮށްފައިވާ ފަރާތްތަކުން މައުލޫމާތު ހިއްސާ ކުރެއްވުމަށްވެސް ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355