twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސިއްހީ ހިދުމަތްދޭ ތަންތަން އަލުން ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Mar 25, 2021

ސިއްހީ ހިދުމަތްދޭ ތަންތަން އަލުން ރަޖިސްޓްރީކޮށް ލައިސަންސް ދޫކުރުމަށް ހުޅުވާލައިފި އެވެ. އެގޮތުން ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަން އަދި ލައިސަންސް ހޯދުމަށްޓަކައި 31 މެއި 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް ހެލްތު މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައްވާފައެވެ.

ހެލްތު މިނިސްޓްރީން ބުނީ ސިއްހީ ހިދުމަތް ދޭ ތަންތަން ހިންގުމާބެހޭ ގަވާއިދުގެ 49 ވަނަ މާއްދާގައިވާގޮތުގެ މަތިން އެގަވާއިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 180 ދުވަހުގެ ތެރޭގައި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެދަށުން ރަޖިސްޓްރީވުމަށާއި ލައިސަންސް ހޯދުމަށް ހެލްތު މިނިސްޓްރީއަށް ހުށަހަޅަންވާނެކަމަށެވެ.

މިގާނޫނުގެ ދަށުން ދޭންޖެހޭ ރަޖިސްޓްރޭޝަނާއި ލައިސަންސް ދިނުމަށް ހުށަހެޅުއްވުމަށްފަހު އެތަނެއް ރަޖިސްޓަރކޮށް ލައިސަންސް ދޫކުރުމަށް 30 ދުވަހުގެ މުއްދަތެއް ނަގާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ސިއްހީ ހިދުމަތްދޭ ތަންތަން ރަޖިސްޓްރީކޮށް ލައިސަންސް ހޯދުމަށް ބޭނުންވާ ފޯމް ހެލްތު މިނިސްޓްރީގެ ވެބްސައިޓުންނާއި އެ މިނިސްޓްރީގެ ކައުންޓަރއިން ލިބެން ހުންނާނެއެވެ. މިކަމާގުޅޭ އިތުރު މައުލޫމަތު ސާފު ކުރަން ބޭނުންވާ ފަރާތްތަކުން ** މެއިލް ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

މިދިޔަ ފެބްރުއަރީމަހުގެ 25 ވަނަ ދުވަހު ޢަމަލުކުރަން ފެށި ސިއްހީ ހިދުމަތް ދޭ ތަންތަން ރަޖިސްޓަރީ ކުރުމާއި ލައިސަންސް ދިނުމުގައި އަމަލުކުރާނެ އުސޫލުތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ފެންވަރު ދެމެހެއްޓުމުގެ ގޮތުން ސިއްހީ ހިދުމަތް ދޭ ތަންތަން ބަލައި ފާސްކުރުމުގެ އުސޫލުތައް ވަނީ ކަނޑައަޅާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355