twitterviber whatsapp telegramfacebookyoutube instagram
1st November 2026

ކުޅުދުއްފުށީގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގައިފި

އަބްދުލް ވާހިދު ޙަސަން
Mar 26, 2021

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އެޑްމިންޓްކޮށްފައިވާ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން މިރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް އިތުރު ސާމްޕަލްތަކެއް ނަގައިފި އެވެ.

ކޭއާރުއެޗުގައި އެޑްމިޓްކޮށްފައިވަނިކޮށް ބަލި ޖެހިފައިވާކަން އެނގުނީ ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ފޮނުވި މީހެކެވެ. އަދި އޭނާގެ ދެ އެހީތެރިޔާ އެވެ. މި މީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިމަހު 23 ވަނަ ދުވަހު އެވެ.

ޕޮޒިޓިވްވިކަން އެނގުނު ހަތަރު ވަނަ މީހަކީވެސް ނައިފަރުން އިތުރު ފަރުވާއަށް އައި މީހެއްގެ ފިރިމީހާ އެވެ. އެމީހަކީ ފެލިވަރުގައި މަސައްކަތްކުރާ މީހެކެވެ. އެ މީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ.

މި ކޭސްތަކާ ގުޅިގެން ބުދަ ދުވަހުގެ ރޭގަނޑު ކުޅުދުއްފުއްޓަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ. އަދި ބަލި ފެތުރިފައިވޭތޯ ބެލުމަށް ވަނީ ސާމްޕަލްތަކެއް ނަގާފައި އެވެ. އެގޮތުން ކޭއާރުއެޗުން ހާމަކޮށްފައިވާގޮތުގައި މިހާތަނަށް 200 ސާމްޕަލް ނަގާފައިވާއިރު އޭގެ ތެރެއިން 70 ސާމްޕަލް ވަނީ ނެގެޓިވްވެފަ އެވެ.

ބުރާސްފަތިދުވަހުގެ މެންދުރުފަހު އާއި ރޭ ނެގި 125 ސާމްޕަލް ޓެސްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ކޮންޓެކްޓްސްގެ އިތުރުން ރޭންޑަމް ސާމްޕަލްވެސް ހިމެނޭކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293