twitterviber whatsapp telegramfacebookyoutube instagram
26th April 2024

ސާމްޕަލްތައް ނެގެޓިވްވިޔަސް، ފަހުން ޕޮޒިޓިވްވެދާނެކަމަށް ބަލައި ރައްކާތެރިވުމަށް ކޭއާރުއެޗުން އިލްތިމާސްކޮށްފި

އަބްދުލް ވާހިދު ޙަސަން
Mar 26, 2021
1

ބުދަ ދުވަހު ފެނުނު ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މިހާތަނަށް ކުޅުދުއްފުށި ސިޓީ ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވްވިކަމުގައިވިޔަސް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިލްތިމާސްކޮށްފި އެވެ.

ކޭއާރުއެޗުގައި އެޑްމިޓްކޮށްފައިވަނިކޮށް ބަލި ޖެހިފައިވާކަން އެނގުނީ ނައިފަރު ހޮސްޕިޓަލުން އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ފޮނުވި މީހެކެވެ. އަދި އޭނާގެ ދެ އެހީތެރިޔާ އެވެ. މި މީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިމަހު 23 ވަނަ ދުވަހު އެވެ.

ޕޮޒިޓިވްވިކަން އެނގުނު ހަތަރު ވަނަ މީހަކީވެސް ނައިފަރުން އިތުރު ފަރުވާއަށް އައި މީހެއްގެ ފިރިމީހާ އެވެ. އެމީހަކީ ފެލިވަރުގައި މަސައްކަތްކުރާ މީހެކެވެ. އެ މީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިމަހު 21 ވަނަ ދުވަހު އެވެ. މި ހަތަރު މީހުންވެސް ކޭޕީއެލްގެ ކަރަންޓީނުގެ ފެސިލިޓީއަށް ވަނީ ބަދަލުކޮށްފަ އެވެ.

"
"ބަލި ހަށިގަނޑުގައި އަށަގަންނަ ވަގުތުގެ ކުރީކޮޅު ލެބޯޓްރީ ނަތީޖާތަކުން ނެގެޓިވް ކަމަށް ދެއްކި ކަމުގައި ވިޔަަސް ފަހުން ނަގާ ސާމްޕަލްއެއް ޕޮޒިޓިވްވުން އެކަށީގެންވާތީ އެންމެހާ ބޭފުޅުން ވެސް މި ދުވަސްވަރު މާސްކު އެޅުމާއި އެހެނިހެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދެން."
ކޭއާރުއެޗް

މި ކޭސްތަކާ ގުޅިގެން ރޭންޑަމް ސާމްޕަލް ހިމެނޭހެން 200 އަށްވުރެގިނަ ސާމްޕަލްވަނީ ނަގާފައިވާއިރު މިހާތަނަށް ނެގި ހުރިހާ ސާމްޕަލެއްވެސް އަދި ވަނީ ނެގެޓިވްވެފަ އެވެ.

ރައްޔިތުން ސަމާލުވުމަށް އެދި ކޭއާރުއެޗުން މިއަދު ބުނީ، ބަލި ހަށިގަނޑުގައި އަށަގަންނަ ވަގުތުގެ ކުރީކޮޅު ލެބޯޓްރީ ނަތީޖާތަކުން ނެގެޓިވްކަމަށް ދެއްކިޔަސް ފަހުން ނަގައި ސާމްޕަލްއެއް ޕޮޒިޓިވްވުން އެކަށީގެންވާ ކަމަށެވެ. އެހެންވެ އެންމެހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުވެ ރައްކާތެރިވުމަށް އެދިފައިވެ އެވެ.

އަދި މޮނިޓަރިންގެ ހާލަތުން ވީއްލޭނެ ވަކި ތާރީހެއް ހާމަކުރަން ނޭނގޭ ކަމަށާއި މޮނިޓަރިންގެ ހާލަތުގައި އޮންނަ ވަގުތުގައި ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވީހާ ވެސް ދަތި ނުވާނޭހެން އިންތިޒާމްތައް ރޭވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ހޮސްޕިޓަލުން ބުނެފައިވެ އެވެ.

ބަލީގެ އެއްވެސް އަލާމާތެއް ފެންނަކަމުގައި ވާ ނަމަ ކޭއާރުއެޗު ކޮވިޑް ހޮޓްލައިން 7606688 އާ ގުޅާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ހޮސްޕިޓަލުން އިލްތިމާސްކުރެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355