twitterviber whatsapp telegramfacebookyoutube instagram
18th April 2025

ފަތުރުވެރިކަމުގެ ދާއިރާގެ 14000 ވުރެ ގިނަ މުވައްޒަފުންނަށް ވެކްސިން ދީފި

ޚަދީޖާ އާދަމް
Mar 27, 2021

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 14000 އަށްވުރެ ގިނަ މުވައްޒަފުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 14898 މުވައްޒަފުންނަށް މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާކަމަށެވެ. މީގެތެރެއިން އެންމެ ގިނައިން ވެކްސިން ޖަހާފައިވަނީ ރިސޯޓްތަކުގައި ޕްރަންޓްލައިންގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

ރިސޯޓްތަކުގައި މަސައްކަތްކުރާ 14147 މުވައްޒަފަކު މިހާތަނަށް ވަނީ ވެކްސިން ޖަހާފައެވެ. ގެސްޓްހައުސްތަކުގެ 306 މުވައްޒަފަކަށް ސަފާރީތަކުން 220 މުވައްޒަފަކަށް ހޮޓެލްތަކުން 70 މުވައްޒަފަކަށް ވެކްސިން ވަނީ ޖަހާފައެވެ. މީގެއިތުރުން 64 މިއުޒީޝަނުންނަށް، 24 ޓްރެވެލް އެޖެންޓުންނަށް އަދި ޓޫރިޒަމް މިނިސްޓްރީގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 67 މުވައްޒަފަކަށް މިހާތަނަށް ވެކްސިން ޖަހާފައިވާކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ އިސްކަމެއްދީގެން ވެކްސިން ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް ވުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355