twitterviber whatsapp telegramfacebookyoutube instagram
4th May 2026

ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން މާދަމާ ސޮއިކުރަން ފަށާނެ: އީސީ

ޚަދީޖާ އާދަމް
Mar 30, 2021

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓުން ވޯޓާސް ލިސްޓުގައި މާދަމައިން ފެށިގެން ސޮއިކުރަން ފަށާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ވޯޓާސް ލިސްޓުގައި ސޮއިކުރުމަށް ކެންޑިޑޭޓުންނަށް ހުޅުވާލާނީ މާދަމާއިން ފެށިގެން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށެވެ. އެގޮތުން އެ މުއްދަތުގެތެރޭގައި ކޮންމެ ދުވަހެއްގެވެސް ދުވަހު ހެނދުނު 8:30 އިން ރޭގަނޑު 8:00 އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ރޭގަނޑު 10:30 އަށް ސޮއިކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބް ވިދާޅުވި އެވެ.

ހަބީބް ވިދާޅުވީ އެއްވެސް ސަބަބަކާއި ހެދި ކެނޑިޑޭޓަށް ލިސްޓުގައި ސޮއިކުރުމަށް ވަޑައި ނުގެންނެވޭނަމަ ކެނޑިޑޭޓަކު ކަނޑައަޅުއްވާ މީހަކަށް ލިސްޓުގައި ސޮއިކުރެވޭނެކަމަށެވެ.

ކެންޑިޑޭޓުގެ ބަދަލުގައި ކެންޑިޑޭޓު ކަނޑައަޅާ ފަރާތްތަކުން ސޮއިކުރާނަމަ އެކަން ބަޔާންކޮށް ސޮއިކުރާ ފަރާތުގެ ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އަދި އައިޑީކާޑު ނަންބަރު ހިމެނޭގޮތަށް ކެންޑިޑޭޓު ސޮއިކޮށްފައިވާ ސިޓީއެއް ގެންނަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355