twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިރާގު ޓީވީގެ ހިދުމަތް ތޮއްޑޫއަށް

ޚަދީޖާ އާދަމް
Apr 1, 2021

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތް އއ. ތޮއްޑޫގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ދިރާގުން މިހާރު ހާއްސަ ޕްރޮމޯޝަނެއްވެސް ކުރިއަށްދާއިރު މި ޕޮރޮމޯޝަންގެެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ގެންގުޅުއްވާ ކަސްޓަމަރުންނަށް ދިރާގު ޓީވީގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ޖޯއިބޮކްސްވެސް (ޑީކޯޑަރ) މުޅިން ހިލޭ ލިބިގެންދާނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 މޭ 2021 ގެ ނިޔަލަށެވެ.

ދިރާގު ސީނިއަރ މެނޭޖަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ގިނަ ރަށްތަކަށް ދިރާގު ޓީވީގެ ހިދުމަތް ފުޅާކޮށް ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގު ޓީވީ މެދުވެރިކޮށް ހައި ކޮލިޓީގެ މުނިފޫހިފިލުވުމުގެ ޕްރޮގުރާމްތަށް ބަލާލުމުގެ ފުރުސަތު ހޯދައިދިނުމަށެވެ. އަދި ޗެނަލްތައް އިތުރުކޮށް، ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ޕްރޮމޯޝަންގެ ދަށުން ދިރާގު ޓީވީއަށް ސަބްސްކްރައިބް ކުރައްވާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ފުރުސަރުވެސްވަނީ ހުޅުވާލާފައެވެ. މި މުއްދަތުގެ ތެރޭގައި ދިރާގު ޓީވީ ކަނެކްޝަން އަކަށް އެޕްލައި ކޮށްގެން 20 ނަސީބުވެރި ކަސްޓަމަރުންނަށް 6 މަސް ދުވަހަށް ދިރާގު ޓީވީ މުޅިން ހިލޭ ބަލާލެވޭނެއެވެ.

ދިރާގުން ބުނީ 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމަށާއި ދިރާގު ޓީވީ ޗެނަލްތަކުގެ ތެރޭގައި ސޮނީގެ ސްޕޯރޓްސް ޗެނަލްތައް ލައިފްސްޓައިލް ޗެނަލްތަކުގެ ތެރޭގައި ފުޑް ނެޓްވޯރކް ރާއްޖެއާއި ބޭރު ދުނިޔޭގެ ހަބަރު ޗެނަލްތައް އަދި އަލް ޤްރުއާން އަލް ކަރީމް ފަދަ ދީނީ ޗެނަލްތައް ހިމެނޭ ކަމަށެވެ.

ދިރާގުން ވަނީ ރާއްޖޭގެ %77 ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ވަނީ ފޯރުކޮށްދީފައިއެވެ. އޭގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތަކަށް ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ވަނީ ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ދިރާގު ޓީވީގެ ކޮންޓެންޓް ޓީވީ ސްމާޓްފޯން އަދި ޓެބްލެޓް ދަކުންވެސް ބަލާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355