twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފެނަކައިން ފެން މީޓަރަށް ނަގާ 30 ރުފިޔާ މާފުކޮށްފި

Apr 3, 2021
1

ފެނަކަ ކޯޕަރޭޝަންގެ ފެން މީޓަރުން ކަސްޓަމަރުންގެ އަތުން ނަގާ 30ރ. އެ ކުންފުނިން މާފުކޮށްދީފި އެވެ.

ފެން މީޓަރުން ނަގާ 30ރ. ނުނެގުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެވެމުން އަންނަ ވާހަކަ 2019 ވަނަ އަހަރުވެސް ފެނަކައިން ބުނެފައި ވެއެވެ.

އެ ވާހަކަ އެ ކުންކުނިން ފުރަތަމަ ދެއްކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް އައްޑޫގެ މެނިފެސްޓޯ އެކުލަވައިލުމަށް ޖެނުއަރީ 25، 2019 ގައި އެމްޑީޕީން ބޭއްވި މަސައްކަތު ބައްދަލުވުމުގެ ތެރޭގަ އެވެ.

އައްޑޫގެ އަވަށްތަކެއްގެ ނަރުދަމާ ނިޒާމު ނިންމައި އެ މަޝްރޫ ހިންގައި ބެލެހެއްޓުން ފެނަކައާ ހަވާލުކުރަން އެމްޓީސީސީން ފޭދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ ސަޕްލައި ފެން މީޓަރުން ނަގާ 30ރ. ކަސްޓަމަރުންނަށް މާފުކޮށް ދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ނިންމެވުމަށް ކަމަށެވެ.

އައްޑޫގެ ހުރިހާ އަވަށަކަށް ސަޕްލައި ފެނުގެ ހިދުމަތް ދެމުން އަންނަ ފެނަކައިންނެވެ. ސައީދު ވިދާޅުވީ އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ފެނުގެ ނިޒާމު މި ވަގުތު އޮތީ އިތުރަށް އަޕްގްރޭޑް ކުރަން ޖެހިފައި ކަމަށާއި އެހެންކަމުން ކެޕޭސިޓީ އިތުރުކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އަވަށްތަކުގެ 1،280 ޓަނުގެ ކެޕޭސިޓީ 14،000 ޓަނަށް ބަދަލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

އެ މަސައްކަތުގެ ދަށުން މިއަހަރުތެރޭގައި ހަތްހާސް ޓަނުގެ ސްޓޯރޭޖް ޓޭންކް ހެދުމުގެ މަސައްކަތް ފަށާނެކަން ސައީދު ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355