twitterviber whatsapp telegramfacebookyoutube instagram
6th April 2026

ހޭވަތް ފިހާރައިގެ ނަސީބުވެރިޔާ ހޮވައިފި

Apr 3, 2021
1

ތަފާތު އެކި ބާވަތްތަކުގެ މުދާ ވިއްކުމަށް ހާއްސަކޮށް ކުޅުދުއްފުށީގައި ދާދި ފަހުން ހުޅުވި، ހޭވަތް ފިހާރައިން ކުރިއަށްގެންދިޔަ ޕްރޮމޯޝަން ނިންމާ ނަސީބުވެރިޔާ ހޮވައިފި އެވެ.

ޖެނުއަރީ އެކަކުން މާރޗު 31 ގެ ނިޔަލަށް 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގެ ގުރުއަތު ނެގުން ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހު ހަވީރު އެވެ.

މި ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހޮވުނީ، ކުޅުދުއްފުށީ/ނަސްރީނުގެ، އަބުދުއްރަހީމް އިބުރާހިމެވެ. ނަސީބުވެރިޔަކަށް ހޮވުމުން އޭނާއަށް ވަނީ ބެޓެރީ ސައިކަލެއް ހަދިޔާކޮށްފަ އެވެ.

ހޭވަތް ފިހާރައަކީ ޖެނުއަރީމަހު ހުޅުވި ފިހާރަ އެކެވެ. މި ފިހާރާގައި ހާޑްވެއަރ ސާމާނާއި ބަދިގެ ސާމާނުގެ އިތުރުން ތަފާތުއެކި ވައްތަރުގެ ލައިޓާއި ބައިސްކަލް އަދި، ކަބަޑާއި އައިސް އަލަމާރި އާއި ފްރިޖް އެބަހުއްޓެވެ. އަދި އެސްޓާސްގެ އޮންލައިން ފިހާރާގެ ހިދުމަތްވެސް މިތަނުން ލިބެ އެވެ. އޮންލައިން ފިހާރައިން މުދާ އޯޑަރު ދޭތާ 7 ދުވަހާއި ދިހަ ދުވަހާ ދެމެދު އެ މުދަލެއް ރަށަށް ގެނެސްދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355