twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރޯދަމަހު ފިހާރަަތައް ދަންވަރު 12 އަށް، ކެފޭތައް 3 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

ޚަދީޖާ އާދަމް
Apr 3, 2021

ރޯދަ މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހާ ހަމައަށް ފިހާރަތައް ދަންވަރު 12 ޖަހަންދެން އަދި ކެފޭ/ރެސްޓޯރެންޓްތައް ދަންވަރު ތިނެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭ ގޮތަށް، އެކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މުދާ ވިއްކާ ތަންތަން ރޯދަ މަހު ހުޅުވާފައި ބެހެއްޓޭނީ ހެނދުނު 8:00 އިން މެންދަމު 12:00 އަށް ކަމަށެވެ. މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަ މަހުގެ ފުރަތަމަ ދުވަހާ ހަމައަށް މުދާ ވިއްކާ ތަންތަން ފަތިހު 5:30 އިން މެންދަމު 12:00 އަށް ހުޅުވާފައި ބެހެއްޓޭކަމަވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ

ސްޓަމަރުންނަށް ހުޅުވައިގެން މުދާ ވިއްކުމުގެ ހިދުމަތްދޭ ތަންތަނުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކާ އެއްގޮތަށް އަމަލުކުރަން މިނިސްޓްރީން ބުނެފައި ވެ އެވެ.

ކެފޭ/ރެސްޓޯރަންޓްތަކުގެ ހިދުމަތް ވެސް ރޯދަ މަހު ދެވޭނީ ކޮންމެ ދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދުގައި ކަމަވެސް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355