twitterviber whatsapp telegramfacebookyoutube instagram
19th February 2026

10 ޓީމާއެކު ކުލަބް ކޮރަލްސް ރަމަޟާން ފުޓްސަލް ޗެލެންޖް މާދަމާ ފަށަނީ

މުޙައްމަދު އަހުމަދު
Feb 19, 2026

ކުލަބް ކޮރަލްސްއިން އިންތިޒާމުކޮށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ 'ނޯޑް ކުލަބް ކޮރަލްސް ރަމަޟާން ފުޓްސަލް ޗެލެންޖު 2026' ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ކުލަބް ކޮރަލްސްއިން އިންތިޒާމުކޮށްގެން ބާއްވާ މިމުބާރާތަކީ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި، ފުޓްސަލް ކުރިއެރުވުމާއި، ފުޓްސަލް ކުޅޭ ކުޅުންތެރިން އުފެއްދުމާއި، ކުޅިވަރާއި ކަސްރަތުގެ ރޫޙް އާލާކޮށް ސިއްޙީ ގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްސަދުގައި އެ ކުލަބުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގައި އެ ކުލަބުގެ ފަރާތުން ވަނީ އެހެން އަހަރުތަކެކޭ އެއްފަދައިން މުޖުތަމަޢުއަށް ފައިދާހުރި އިޖްތިމާޢީ ޝިޔާރެއް ޕްރޮމޯޓް ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި އަހަރު އެ ކުލަބުން ކަނޑައަޅާފައިވާ ޝިޔާރަކީ "ފޮގިވް، ގިވް އެންޑް ގްރޯ" އެވެ. މިއީ ރަމަޞާން މަހާ ގުޅުވައިގެން އެކުލަބުން ހިޔާރުކޮށްފައިވާ ޝިޔާރެކެވެ.

މި މުބާރާތަކީ ކުލަބް ކޮރަލްސްއިން މި ކުލަބުގެ މެންބަރުންނާއި، ކުޅުންތެރިންނާއި، އަދި އެކި އެކި ގޮތްގޮތުން ކުލަބަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ފަރާތްތަކަށް އަމާޒުކޮށްގެން މި ކުލަބުން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމު ވާދަކުރާއިރު މުބާރާތް ކުރިއަށްދާނީ ގްރޫޕް ސްޓޭޖް އުސޫލުން ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ގްރޫޕް އޭގައި ހިމެނޭ ޓީމް ތަކަކީ ޓީމް ގްރީން، ދި ބްލޫސް، ހޭވަތް އަދި ވާނުވާގެ އިތުރުން ކްރިމްސަން އެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ހުދު މަށި، ގަލާޒިއޯ، އެފްސީ ކަދުރު އަދި ޗޮކްލެޓް ޕަފްގެ އިތުރުން އެފްސީ ވާވަރު އެވެ.

މުބާރާތް ކުރިއަށްގެންދިޔުމަށް ތާވަލުކުރެވިފައިވަނީ މިމަހުގެ 20 - 26 ވަނަ ދުވަހުގެ ނިޔަލަށެވެ. ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 26 ވަނަ ދުވަހު އެވެ. މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރު ދެމެޗު އަދި ރޭގަނޑު ދެމެޗު ކުޅޭ ގޮތަށެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމު ވާދަކުރާއިރު މިފަހަރުގެ މުބާރާތުގައި ޖުމްލަ 97 ކުޅުންތެރިން ބައިވެރިވި އެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޓާފް ދަނޑުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355