twitterviber whatsapp telegramfacebookyoutube instagram
25th July 2021

ސްމާޓްފޯން ވިއްކާ އެންމެ ބޮޑު ކުންފުނީގެ ލަގަބު ވާވޭ އަތުން ގެއްލިއްޖެ

Apr 4, 2021

އިންޑަސްޓްރީއަށް އައި ދުވަހުން ފެށިގެން ވާވޭގެ އެންމެ ބޮޑު އަމާޒަކީ ދުނިޔޭގައި ސްމާޓް ފޯން ވިއްކާ އެންމެ ބޮޑު ކުންފުންޏަށް ވުމަށެވެ. އެ ލަނޑުދަނޑި ހާސިލްވެމެ ވާވެ އަތުން އެ ލަގަބު މިހާރު ވަނީ ގެއްލިފައެވެ.

ވާވޭއަށް މި ޝަރަފުވެރި ލަގަބު ލިބުނީ މީގެ 8 މަސް ކުރިންނެވެ. ސީއެންއެންގެ ރިޕޯޓެއް ގައި ބުނެފައިވަނީ މިހާރު އެ ކުންފުނީގެ ނަން ލިސްޓުގެ އެންމެ ގަދަ ތިނަކުންވެސް ވަނީ ނެއްޓިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ލަގަބު އަނބުރާ ލިބޭނެ ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.

ކުންފުންޏަށް މިހާބޮޑު ގެއްލުމެއް ލިބުނީ އެމެރިކާއިން އެ ކުންފުނިން އުފައްދާ ޕްރޮޑަކްޓުތައް ބޭނުން ކުރުން މަނާކުރުމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމް ނިންމެވުމާއި ގުޅިގެންނެވެ. އެވާހަކަ ދާދިފަހުންވެސް ވާވޭގެ ޗެއާމަން ކެން ހޫ ވެސް ވަނީ ދައްކަވާފައެވެ. އޭނާ އެކަން ސިފަކޮށްފައިވަނީ ބޭ އިންސާފުން ކޮށްފައިވާ ކަމެއްގެ ގޮތުގައެވެ.

ވާވޭއިން ސްމާޓް ފޯންގެ އިތުރުން ލެޕްޓޮޕް، ޓެބްލެޓް ފަދަ ތަކެތިވެސް ދަނީ އުފައްދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355