twitterviber whatsapp telegramfacebookyoutube instagram
30th April 2026

ދިރާގުޓީވީގެ ގޯލްޑް ޕެކް ތައާރަފުކޮށްފި

ޚަދީޖާ އާދަމް
Apr 5, 2021
2

އާ ޗެނަލްތަކާއެކު ދިރާގުޓީވީގެ ގޯލްޑް ޕެކް ތައާރަފުކޮށްފި އެވެ. ދިރާގުން މިއަދު ބުނީ ސިނެމަޗީ ފިލްމު ޗެނަލްތަކާއެކު 100 އަށްވުރެ ގިނަ ކޮލިޓީ ޗެނަލް ދިރާގުޓީވީގެ ގޯލްޑް ޕެކުގައި ހިމެނޭނެ ކަމަށެވެ.

މި ޕެކުގައި ހިމެނޭ ސިނެމަޗީ ޗެނަލްތަކުގެ ތެރޭގައި އެކްޝަން، ރޮމޭންސް، ކޮމެޑީ، ޑްރާމާ އަދި ކްރައިމް ހިމެނެއެވެ. ގޯލްޑް ޕެކުގެ އިތުރުން ދިރާގުޕްލޭ އެޕްގައި ޕްލޭމޯ ޕެކޭޖު މެދުވެރިކޮށްވެސް ސިނެމަޗީ ޗެނަލްތައް ފެންނާނެއެވެ.

މި ޕްރޮމޯޝަންގެ ދަށުން ނަސީބުވެރި 20 ކަސްޓަމަރަކަށް ހަ މަސް ދުވަހުގެ މުއްދަތަކަށް، ދިރާގުޓީވީގެ ޕެކޭޖުތަކުގެ ތެރެއިން ބޭނުން ޕެކޭޖެއް ހިލޭ ފޯރުކޮށްދޭ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. ޓެކްސް ނުލައި ދިރާގުޓީވީގެ ގޯލްޑް ޕެކްގެ އަގަކީ 450 ރުފިޔާއެވެ.

މިވަގުތު ދިރާގުޓީވީ ކަނެކްޝަނާއި ޖޯއިބޮކްސް ހިލޭ ލިބޭ ޕްރޮމޯޝަނެއްވެސް ދިރާގުން ކުރިއަށް ގެންދައިރު މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މެއި މަހު 31 ގެ ނިޔަލަށެވެ.

ދިރާގުން ބުނީ އެކުންފުނީގެ ޑިޖިޓަލް އައިޕީޓީވީގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތުގެެ ދަށުން، މުޅި ރާއްޖޭގެ 77 ޕަސަންޓު ގޭބިސީއަށް ދިރާގުޓީވީގެ ހިދުމަތް ލިބޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355