twitterviber whatsapp telegramfacebookyoutube instagram
6th September 2026

ކުޅުދުއްފުށީގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Apr 6, 2021
1

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އާންމުކޮށް ހުޅުވާލައިގެން ކުޅުދުއްފުށި ސިޓީގައި މިއަދު ދޭން ފަށައިފި އެވެ. މިއަދު ކޭއާރުއެޗުން ބުނެފައިވަނީ މިއަދާއެކު ކުރިއަށް އޮތް ދެ ދުވަހު ވެކްސިން ޖަހާނެކަމަށެވެ.

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހުވާލިނަމަވެސް ދެވަނަ ޑޯޒް އަދި ޖަހާނީ ފެބްރުއަރީ 8 ގެ ކުރިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށެވެ.

އެ ލިސްޓްގައި ބޮޑަށް ހިމެނޭނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ފްރޮންޓްލައިން އަދި އުމުރު ދުވަސްވީ މީހުންނެވެ.

މިއަދާއި މާދަމާ އަދި 8 ވަނަ ދުވަހު ވެކްސިން ޖެހުން ކުރިއަށްދާނީ އަމީރު އަމީން ސްކޫލުގައި މެންދުރު 12:00-14:00 އަށް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

ކުޅުދުއްފުށީގައި ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީ ފުރަތަމަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355