twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ކުޅުދުއްފުށީގައި ވެކްސިން ނުޖަހަ ތިބި ފަރާތްތަކަށް އިތުރު ފުރުސަތެއް ހުޅުވާލައިފި

ޚަދީޖާ އާދަމް
Apr 6, 2021

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހައި ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހަ ތިބި ފަރާތްތަކަށް އިތުރު ފުރުސަތެއް ހުޅުވާލައިފި އެވެ.

ކޭއާރުއެޗުން ބުނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހަ ތިބި ފަރާތްތަކަށް ވެކްސިން ޖެހުމަށް އިތުރު ފުރުސަތެއް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ވެކްސިން ފުރަތަމަ ޑޯޒް ނުޖަހާ ތިބި ފަރާތްތަކަށް ވެކްސިން ޖެހުން ހުޅުވާލީ ތިން ދުވަހަށެވެ. އެއީ މިމަހުގެ 6، 7 އަދި 8 ވަނަ ދުވަހެވެ. މި ދުވަސްތަކުގައި ވެކްސިން ޖެހުން ކުރިއަށްދާނީ މެންދުރު 12:00-14:00 އަށް އަމީރު އަމީން ސްކޫލްގަ އެވެ.

ފެބްރުއަރީމަހު ފުރަތަމަ ދުވަހު ކުޅުދުއްފުށީގައި ވެކްސިން ޖަހަން ފަށާފައިވާއިރު މިހާތަނަށް ކުޅުދުއްފުށި 5000 އަށްވުރެގިނަ މީހުން ވަނީ ވެކްސިން ޖަހާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355