twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކެނެޑާއިން ރާއްޖެއަށް 1 މިލިއަން ޑޮލަރުގެ އެހީއެއް

ޚަދީޖާ އާދަމް
Apr 6, 2021

ކެނެޑާގެ ސަރުކާރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ރާއްޖޭގެ ސިއްހީ ދާއިރާއަށް 1.35 މިލިއަން ކެނޭޑިއަން ޑޮލަރު (އެއް މިލިއަން ޑޮލަރު)ގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ކެނެޑާ ސަރުކާރުންނާއި ޑަބްލިއުއެޗްއޯ ގުޅިގެން ރާއްޖޭގައި ގާއިމުކުރާ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް" ޕްރޮޖެކްޓް އިފްތިތާހުކުރުމަށް މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ވާޗުއަލް ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވަނީ މިފަދަ މުހިންމު ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ކެނެޑާ ސަރުކާރުންނާއި ޑަބްލިއުއެޗްއޯ އިން ގުޅިގެން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަ ކުރައްވައި ދެ ފަރާތަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ ރާއްޖެ އިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމަށް ޓަކައި ކެނެޑާ ސަރުކާރުން ފޯރުކޮށްދިން އެހީ ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭބޭފުޅުންނާއި، ސްރީލަންކާގައި ހުންނަ ކެނެޑާގެ ހައިކޮމިޝަނަރުގެ އިތުރުން ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ އެކްޓިންގ ރެޕްރެޒެންޓެޓިވް ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖޭގައި މި ޕްރޮޖެކްޓު ހިންގަން ކެނެޑާގެ ހައި ކޮމިޝަނަރު، ޑޭވިޑް މެކިނޮން ފޯރުކޮށްދެއްވި އެހީތެރިކަން މިނިސްޓަރު ނަސީމް ފާހަަގަ ކުރެއްވި އެވެ. އަދި އަދި މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ އޮފީހުން ކަމުގައިވާތީ، އެފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ވެސް ފާހަގަކުރެއްވި އެވެ.

އެ ޕްރޮޖެކްޓްގެ ދަށުން އަތޮޅު ތެރޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' މަރުހަލާތައް ހަރުދަނާކުރުމަށް 40 އޮޓޯކްލޭވް ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިހާތަނަށް މިހިދުމަތް ގާއިމުކުރެވިފައިވާ އަތޮޅުތަކުގެ އިތުރުން، 10 އަތޮޅެއްގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް'ގެ ހިދުމަތްތައް ގާއިމުކުރާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355