twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކޮމިއުނިޓީ ފަންޑުން ގޮއިދޫގައި އިޔާދަކުރަނިވި ހަކަތައިން ދިއްލޭ ބައްތި ހަރުކޮށްފި

Apr 8, 2021

ބޭންކު އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ.ގޮއިދޫގައި އިއާދަކުރަނިވި ހަކަތައިން ދިއްލޭ މަގު ބައްތި ހަރުކޮށްފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގޮއިދޫގެ ވަށާމަގުގައި އިއާދަ ކުރަނިވި ހަކަތައިން ދިއްލޭ 50 ބައްތި ވަނީ ހަރުކުރެވިފައެވެ. މި މަގުގެ 2 ކިލޯ މީޓަރުގެ ސަރަހައްދުގައިވަނީ މި ބައްތިތައް ހަރުކުރެވި ބޭނުންކުރަން ފަށާފައެވެ.

މި މަގަކީ ޕިކްނިކު ދިޔުމާއި ރަށުގައި ތަރައްޤީ ކުރެވިފައިވާ ބީޗުތަކަށް ނުކުތުމަށާއި ފިނިބުރު ޖެހުމަށް ހުރިހާ އުމުރެއްގެ މީހުންވެސް ބޭނުންކުރަމުންދާ މަގެކެވެ.

"ކޮވިޑުގެ މި ދަތި ހާލުގައިވެސް ކާމިޔާބު ކަމާއެކު މި ޕްރޮޖެކްޓް ނިންމާލެވުނު ކަމަށްޓަކާ މާތް ﷲ އަށް ޙަމްދު ކުރަން. “މީގެ ކުރިން އެއްވެސް އަލިކަމެއް ހުންނަ މަގެއް ނޫންމީ. މި ޕްރޮޖެކްޓުގެ ސަބަބުން ދަނޑުވެރިންނާއި، އޮއްކެޔޮ ހޮވާ އެއިން އާމްދަނީ ހޯދާ ފަރާތްތަކާއި، ފަތިހާއި ރޭގަނޑު ކަސްރަތަށް މި މަގު ބޭނުންކުރާ ފަރާތްތަކަށާއި ރޭގަނޑު ފިނި ބުރުޖަހަން ދުއްވާލާ ދެޖިންސްގެ ޖުމްލަކޮށް ރަށުގެ އެންމެހާ ރައްޔިތުންނަށް ލުއި ފަސޭހަ ތަކެއް ލިބިގެންދާނެ." މިއުނިޓީ ފަންޑުގެ ދަށުން ޕްރޮޕޯސަލް ކާމިޔާބުކުރި އިބްރާހިމް ނިޝާމް އަހުމަދު ބުންޏެވެ.

އޭނާ ބުނީ މި ޕްރޮޖެކްޓު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލުންވި މާލީ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށާއި އަދި ރަށުގެ ޒުވާނުންނަށްވެސް ހާއްސަ ޝުކުރެއް އަދާކުރި އެވެ. ނިޝާމް ބުނީ އަދިވެސް މި ފަދަ ރަށުގެ ތަރައްޤީއަށް ފަހިވާނެ އިތުރު ޕްރޮޕޯސަލްތައް ހުށައެޅުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

ގޮއިދޫގައި ލައިޓު ޖެހުމުގެ އަމަލީ މަސައްކަތުގެ ހުރިހާ ކަމެއްވެސް ކޮށްފައިވަނީ ކަމުގެ ފަންނުވެރި ރަށުގެ ޒުވާނުންކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355