twitterviber whatsapp telegramfacebookyoutube instagram
10th November 2025

އިރުދެކުނު ދާއިރާގެ ގޮނޑި އަލީއަށް

Apr 10, 2021
3

ކުޅުދުއްފުށި ސިޓީ އިރު ދެކުނު ދާއިރާގެ ގޮނޑި، އެމްޑީޕީގެ ކެންޑިޑޭޓް އަލީ އަހުމަދު ކާމިޔާބުކުރައްވައިފި އެވެ. އަލީ އެ ގޮނޑި ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު އަހުމަދު (ޖިހާދޭ) އާ ވާދަކޮށެވެ.

މި ދާއިރާއަށް އަމިއްލަ ކެންޑިޑޭޓެއް ވާދަކުރެއްވިއިރު އަލީއަށް ލިބިލެއްވީ 283 ވޯޓެވެ. ޖިހާދޭއަށް 237 ވޯޓް ލިބިލެއްވިއިރު އަމިއްލަ ކެންޑިޑޭޓް ހުސެއިން މޫސާއަށް ލިބިލެއްވީ 38 ވޯޓެވެ.

މި ދާއިރާއަށް ވޯޓުލުމަށް ބެހެއްޓި ދެ ފޮއްޓަށް ވޯޓްލުމުގެ ހައްގު ލިބިފައިވަނީ 955 މީހުންނެވެ. އެކަމަކު އެ ދާއިރާގެ ޖުމްލަ ވޯޓްގެ އަދަދަކީ 565 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355