twitterviber whatsapp telegramfacebookyoutube instagram
23rd May 2026

އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުން ޖެނުއަރީ ކޯސްތަކަށް އެދުނު ދަރިވަރަކަށް ސައިކަލެއް

Apr 11, 2021

އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުން ޖެނުއަރީ އިންޓޭކް ކޯސްތަކަށް އެދުނު ދަރިވަރުންގެ ތެރެއިން ގުރުއަތުން ހޮވުނު ދަރިވަރަށް ސައިކަލެއް ހަދިޔާކޮށްފި އެވެ.

އެކޮލެޖުން ބުނީ ތިނަދޫ ކެމްޕަހުން ޖެނުއަރީ އިންޓޭކް ކޯސްތަކަށް އެދުނު ދަރިވަރުންގެ ތެރެއިން ގުރުއަތުން ހޮވުނު ދަރިވަރަށް މޫވް ސައިލަކެއް ހަދިޔާކޮށްފައިވާ ކަމަށެވެ. ގުރުއަތުން ހޮވިފައިވަނީ ގދ. ތިނަދޫ، ފެމޯރާގެ ސަޖުއަތު މުހައްމަދު ސާހެވެ. ގުރުއަތުން ހޮވުނު ދަރިވަރާ ސައިކަލު ހަވާލުކުރީ އެކަމަށް ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ.

މި ޖަލްސާގައި ޝަރަފުވެރިކޮށްދެއްވީ ޑޮކްޓަރު އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ހަށީގެ ޑޮކްޓަރު ޑރ އާޒިމް އަބްދުއްސުކޫރެވެ.

އެވިޑް ކޮލެޖުން ބުނީ ކޮންމެ އިންޓޭކްއާއި ދިމާކޮށް ދަރިވަރުން ކިޔެވުމަށްޓަކައި އެވިޑް ކޮލެޖު ގެ ޗެއާރމަން ވަރަށް ގިނަ ފުރުސަތުތައް ހުޅުވާލާ ކަމަށާއި، އެ ގޮތުން ޖެނުއަރީ އިންޓޭކުގައިވެސް ގދ ތިނަދޫއަށް ހާއްސަ 20 ސްކޮލަޝިޕް ގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މީގެ އިތުރުން ފައުންޑޭޝަން ކޯސްތަކުގެ ފީވެސް 25 ޕަސެންޓް ކުޑަކޮށްދީފައިވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355