twitterviber whatsapp telegramfacebookyoutube instagram
26th September 2026

97 ދުވަހަށްފަހު ލޮކްޑައުން އުވާލުން، އިންގްލޭންޑަށް "އުފާވެރިކަން"

ޚަދީޖާ އާދަމް
Apr 15, 2021

ކޮވިޑާ ގުޅިގެން އިންގްލެންޑް 3 ވަނަ ފަހަރަށް ލޮކްޑައުން ކޮށްފައިވަނީ މިއަހަރު ޖެނުއަރީ 5 ވަނަ ދުވަހުއެވެ. އެއަށްފަހު 97 ދުވަހުގެ ދިގު ލޮކްޑައުންއަކަށްފަހު އެ ހާލަތު މިމަހު 12 ގައި އުވާލުމާއެކު އެގައުމުގެ ރައްޔިތުން ދަނީ އުފާފާޅުކުރަމުންނެވެ.

ލޮކްޑައުން އުވާލުމާއެކު، ފިހާރަތަކާއި، ސެލޫން އަދި ޖިމްތައްވެސް ވަނީ އާންމުންނަށް ބޭނުން ކުރެވޭގޮތަށް ހުޅުވުމަށް ހުއްދަ ދީފައެވެ. ބޭރަށް ނުކުމެ އުޅުުމުގެ މިނިވަންކަން ދީފައިވިއަސް ކޮވިޑާ ގުޅިގެން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފައެވެ.

3 ވަނަ ފަހަރަށް އިންގްލެންޑް ލޮކްޑައުންއަކަށް ގޮސްފައިވަނީ ކޮވިޑް ގެ އާ ވޭރިއަންޓްތަައްވެސް ފެންނަން ފެށުމާއި ގުޅިގެންނެވެ. މުޅި ގައުމު ލޮކްޑައުންއަކަށް ދިޔައިރު ވޭލްސް، ނޮދާރން އަޔަލެންޑް އަދި ސްކޮޓްލެންޑްގައި ފިޔަަވަޅުތައް ވަރުގަދަކުރި އެވެ.

27 ޑިސެމްބަރާއި 2 ޖެނުއަރީއާ ދެމެދު 1 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް އެގައުމުގެ ދަ އޮފީސް ފޯރ ނޭޝަނަލް ސްޓިސްޓިކްސްއިން ވަނީ ހާމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293