twitterviber whatsapp telegramfacebookyoutube instagram
14th October 2025

ދިރާގުން ރޯދަމަހަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފި

ޚަދީޖާ އާދަމް
Apr 14, 2021

ދިރާގުން މި ރޯދަ މަހުގައި އާއިލާ އާ ރައްޓެހިނާ ގުޅައިދީ އަދި މި މާތް މަހު ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ހާއްސަ އޮފަރ ތަކެއް ތައާރަފުކޮށްފިއެވެ.

އެގޮތުން ދިރާގު ބުނީ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރަމުންނަށް އެންމެ 45 ރުފިޔާއަށް ރޯދަ 10 ޖީބީގ އެފްބީބީ ޑޭޓާ ބޫސްޓަރ އެކްޓިވޭޓް ކުރެއްވޭނެ ކަމަށާއި މި ބޫސްޓަރ އެކްޓިވޭޓް ކުރައްވާ މަސް ނިމެންދެން ބޭނުނުން ކުރެއްވޭނެ ކަަމަށެވެ. އަދި ހަމައެއާއެކު ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް ރޯދަ 3.5 ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް ރޯދަ 7 ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެއްވޭނެއެވެ. މި ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެއްވޭނެއެވެ. ކަސްޓަމަރުން މި ބަންޑަލްތައް އެކްޓިވޭޓް ކުރެއްވުމަށް ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސް.އެމް.އެސް ކުރައްވައިގެން ވާނެއެވެ.

އަދި ހަމައެއާއެކު ކަސްޓަމަރުން ދިރާގުގެ ރޯދަ ޑޭޓާ ބޫސްޓަރސް އަދި ބަންޑަލްތައް ބައްލަވައިގަތުމަށް ކުރައްވާ ހަރަދުގެ %10 މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރުމަށް ވަނީ ނިންމާފައިއެވެ.

މީގެ އިތުރުން ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދިރާގު ޕޭ އެޕް ނުވަތަ ދިރާގު ވެބްސައިޓްގެ މި ލިންކަށް (https://bit.ly/3a1yQDI) ވަދެގެން ދެއްކޭނެ އެވެ. ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން #5*454* އަށް ގުޅައިގެން ފިތުރު ޒަކާތް ދެއްކެވޭނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355