twitterviber whatsapp telegramfacebookyoutube instagram
19th January 2026

ރައީސް ޔާމިން ގެއަށް ބަދަލުކުރުމާ މެދު ގޮތެއް ނިންމަނީ

Apr 14, 2021
1

ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދިވަޑައިގެން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ދީދީ ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގައި ދަންނަވައި ސިޓީ ލާފައެވެ.

އަވަސް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވީ ފާތުމަތު އިބްރާހިމް ދީދީގެ ސިޓީއެއް ކަރެކްޝަަނަށް ވެސް ލިބިފައިވާ ކަމަށާއި އެ ސިޓީއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ.

ޖަލުގައި ހުންނަ ގައިދީއަކު ގެއަށް ބަދަލު ކުރާނަމަ އަދި އަދަބަށް ލުއި ދޭނަމަ އަމަލުކުރަން ޖެހޭ ގޮތްތަކެއް ގާނޫނުތަކާއި އުސޫލުތަކުގައި ލިޔެވިފައި ހުންނާތީ ކަރެކްޝަނުން އެކަންކަމަށް އަމަލު ކުރާނެ ކަމަށާއި އަދި ހޯއްދަވަން ޖެހޭ ލަފާތައް ވެސް ހޯއްދަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

މިދިޔަ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ސޯލިހް ވެސް ވަނީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. އެދުވަހު ރައީސް ވިދާޅުވީ މެޑަމް ފާތުމަތު އިބްރާހިމް ދީދީ ސިޓީއެއް އެމަނިކުފާނަށް ވެސް ލިބިވަޑައިގެންފައި ވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355