twitterviber whatsapp telegramfacebookyoutube instagram
5th August 2026

މުޖުތަބާއަށް ތާއިދު ހޯދުމަށް ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ކުޅުދުއްފުށީގައި

އަބްދުލް ވާހިދު ޙަސަން
Apr 18, 2024

ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް މުޖުތަބާ އަހުމަދުއަށް ތާއިދު ހޯދުމަށް ރައީސް އަބުދުﷲ ޔާމީންގެ ދަރިކަލުން ކުޅުދުއްފުއްޓަށް ވަޑައިގަންނަވައިފި އެވެ.

ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބުދުﷲ ޔާމީން ކުޅުދުއްފުއްޓަށް މިއަދު ވަޑައިގަތް، އަމިއްލަ ގޮތުން އުތުރު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް މުޖުތަބާ އަހުމަދުގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެ، އޭނާއަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ޕީޕަލް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ވަގުތީ ރައީސްގެ މަގާމުގައިވެސް ހުންނެވި ޒެއިން ވަނީ ރައީސް ޔާމީންގެ ސަޕޯޓަރުން މުޖުތަބާއަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންނަވާފަ އެވެ.

މި ޖަލްސާގައި ޒެއިންއާއެކު ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އާއި ކާނަލް އަހުމަދު ފަޔާޒު އަލީ ރިޒާ (ޕާޕާ)ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355