twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ދެ ޑޯޒް ހަމަކޮށްގެން ދަތުރުކުރި ނަމަވެސް ޕޯޓަލްގައި ރަޖިސްޓްރީން ވާންޖެހޭނެ: އެޗްއީއޯސީ

Apr 19, 2021

ދަތުރުކުރުމުގައި ލުއިތަކެއް ދިން ނަމަވެސް އަދިވެސް ރައްކާތެރިކަމުގެ އިތުރު ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެގޮތުން މިހާރު ވެސް ކަންތައް ކުރަމުން އަންނަ ގޮތަށް ރަށްރަށަށް ދަތުުރުކުރެވޭނީ "ހާލުބެލުން" ޕޯޓަލް މެދުވެރިކޮށް އެ ރަށެއްގެ ކައުންސިލަށް އެދުމުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޒްލާ ވިދާޅުވީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި ފަހުން ދެ ހަފުތާ ފާއިތުވެއްޖެ ކަން ކަށަވަރު ކުރުމަކީ އެ ކައުންސިލެއްގެ ޒިންމާއެއް ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރަށެއްގެ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ނަމަ ކަރަންޓީން ނުވެ އެ ރަށަކަށް ދަތުރުކުރެވޭނެ ކަމަށެވެ. އާބާދީގެ 60 ޕަސެންޓަށް ދެ ޑޯޒް ޖަހާފައި ނެތް ނަމަ ދަތުރުކުރެވޭނީ ޕީސީއާރު ޓެސްޓަކުން ނެގެޓިވް ނަތީޖާއެއް ލިބުމުންނެވެ.

މީގެ އިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތީގައި އުޅޭ ރަށްރަށުގެ ލިސްޓް އިއުލާންކުރަން ވެސް އެޗްއީއޯސީން ވަނީ ނިންމާފައެވެ. ބުނެފިއެވެ. އެގޮތުން ކޮންމެ ހަފްތާއަކު އާބާދީގެ ފަސް ޕަސެންޓަށް ވުރެ ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް މަތި ރަށްތައް އިއުލާން ކުރާނެކަމަށް ނަޒްލާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ފަސް ޕަސެންޓުގެ ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން އެހެން ރަށަކަށް ދެވޭނީ ޕީސީއާރު ޓެސްޓު ހެދުމަށް ފަހު ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355