twitterviber whatsapp telegramfacebookyoutube instagram
21st September 2026

ކޮވިޑް ތަފާސް ހިސާބު ދެން ހާމަކުރާނީ ހަފްތާއަކު އެއްފަހަރު

Feb 26, 2022

ކޮވިޑް-19ގެ ރާއްޖޭގެ އެންމެފަހުގެ ތަފާސް ހިސާބުތައް ހަފްތާއަކު އެއްފަހަރު ހާމަކުރާ ގޮތަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ހަމަޖައްސައިފިއެވެ.

އެޗްއީއޯސީން ވިދާޅުވީ ކޯވިޑް-19ގެ އެންމެފަހުގެ ތަފާސްހިސާބު މީގެފަހުން ހާމަކުރާނީ ހަފްތާއަކު އެއްފަހަރުކަމަށެވެ. ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް ރިޕޯޓްކުރަން ފެށިފަހުން އެޗްޕީއޭއިން ދިޔައީ ކޮންމެ ރެޔަކުވެސް އެންމެފަހުގެ ތަފާސް ހިސާބުތައް އާއްމުކުރަމުންނެވެ.

އެގޮތުން 24 ގަޑިއިރުތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތަފްސީލާއި ސާމްޕަލް ނެގުނު އަދަދާއި ކޮވިޑުން ރަނގަޅުވި އަދާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ އަދަދުފަދަ ތަފްސީލީ މައުލޫމާތުތައް ކޮންމެ ރެޔަކުވެސް އެޗްއީއޯސީން ދިޔައީ ހާމަކުރަމުންނެވެ.

ދެން މައުލޫމާތު ހިއްސާކުރާނީ ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތިދުވަހުގެ ރޭ އެވެ. އެގޮތުން ހަފްތާއެއްގައި މާލޭ ސަރަޙައްދާއި އަތޮޅުތަކުގައި ކޯވިޑް ޕޮޒިޓިވިޓީ ރޭޓް ހުރި މިންވަރު ހާމަކުރާނެކަމަށް އެ ސެންޓަރުން ވިދާޅުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293