twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ވެކްސިން ފުރިހަމަކުރި މީހުންނަށް ލުއި ދޭން މަޝްވަރާކުރަނީ

ޚަދީޖާ އާދަމް
Jun 23, 2021

ކޮވިޑް-19 ގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންނަށް ލުއި ދިނުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ރޭ ބުނެފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު މަބުރޫކް އަބްދުލްއަޒީޒް ވިދާޅުވީ ވެކްސިން ދެ ޑޯޒް ފުރިހަމަ ކުރުމަށް ފަހު ދެ ހަފްތާ ވެފައިވާ މީހުންނަށް ލުއި ލިބޭ ނަމަ، އެހެން މީހުން ވެކްސިން ޖެހުމަށް ވެސް ބާރުވެރި ކުރެވޭނެކަމަށެވެ.

މަބުރޫކް ވިދާޅުވީ ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅޭ ގޮތުން ނުވަތަ ހާލަތާ އެއްގޮތަށް ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ކޮންމެ ހަފްތާއަކު ވެސް މަޝްވަރާކުރާ ކަމަށާއި މިހާރު މިދާ ގޮތަށް ދާނަމަ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވެސް އިތުރު ލުއިތައް ލިބޭނެ ކަމަށެވެ.

މިހާރު ރާއްޖޭގެ ކޮވިޑް ކޭސްތައް ދަނީ މަދުވަމުންނެވެ. އެހެންކަމުން މަބުރޫކް ވިދާޅުވީ މިހާރު މިދާ ގޮތަށް ދާނަމަ، ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވެސް އިތުރު ލުއިތައް ލިބޭނެ ކަމަށެވެ. އަދި ކުރިއަށް ހުރި ހަފްތާތަކުގައި ވަކިވަކި ކަންކަމާ ގުޅޭގޮތުން ދެވޭ ލުއިތައް އިއުލާންކުރެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، ވެކްސިން ޖެހި މީހުންނަށް ލުއި ދިނުމުގައި މުހިއްމު ދެ ކަމަކަށް ބަލާނެ ކަމަށެވެ. އެއީ ހައި ރިސްކް މީހުންގެ މެދުގައި ވެކްސިން ޖަހާފައިވާ މިންވަރާއި ދަތުރުކުރާ ތަނެއްގައި ބަލި އޮތް ވަރެވެ.

ރާއްޖެ އަށް ކޮވިޑްގެ ހަތަރު ވަނަ ރާޅު އައުމުގެ ކުރިން ވެސް، ވެކްސިންގެ ދެވަނަ ޑޯޒް ޖެހިތާ ދެ ހަފްތާވެފައިވާ މީހުންނަށް ލުއި ދިނެވެ. އޭރު ބައެއް މީހުން މާލެއިން ރަށްރަށަށް ދިޔައީ ވެކްސިން ފުރިހަމަކޮށްގެން ކަރަންޓީނު ނުވާ ގޮތަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355