twitterviber whatsapp telegramfacebookyoutube instagram
6th October 2026

ރަޝިޔާގެ ވެކްސިން ގަންނަން މިހާތަނަށްވެސް އެއްބަސްވުމެ ނެތް

ޚަދީޖާ އާދަމް
Jun 23, 2021

ރަޝިޔާއިން ކޮވިޑް-19 ދެކޮޅަށް އުފައްދާ ސްޕުޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަންނަން އޯޑަރު ދޭނެ ކަމަށް ސަރުކާރު ބުނިތާ މަސް ދުވަސްވީއިރު ވެސް ވެކްސިން ގަތުމަށް މިހާތަނަށް އެއްބަސްވުމެއްގައި ސޮއި ކޮށްފައި ނުވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ވެކްސިން ގަތުމުގެ އެންމެ ފަހުގެ މަސައްކަތާއި ގުޅޭގޮތުން ސުވާލު ކުރުމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ފުރަތަމަ މަރުހަލާގެ މަޝްވަރާތަކަށް ފަހު އިތުރު ކަމެއް އަދި ނެތް ކަމަށެވެ.

މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ބޭއްވެވި ނޫސްވެރިންގެ ބައްދަލްވުމުގައި ވިދާޅުވީ ސްޕުޓްނިކް ވީގެ 200،000 ޑޯޒް ގަންނަން ނިންމާފައިވާ ކަމަށާއި ދެ ފަރާތުގެ މެދުގައި ވަރަށް އަވަހަށް އެއްބަސްވުން ގާއިމު ކުރާނެ ކަމަށެވެ.

އެއިރު މިނިސްޓަރި ވިދާޅުވި ގޮތުގައި ތިން ދުވަސްތެރޭ ވެކްސިނަށް އޯޑަރު ދޭނެއެވެ. މިނިސްޓަރު ވަނީ ރަޝިޔާ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި އެއްބަސްވުން ހަދާތާ މަސް ދުވަސްތެރޭ ވެކްސިން ލިބޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ސްޕުޓްނިކް ވީ ބޭނުން ކުުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293