twitterviber whatsapp telegramfacebookyoutube instagram
20th October 2025

ބޫސްޓާ ޑޯޒަށް އާންމުކޮށް ހުޅުވާލުން ލަސްވަނީ ސިރިންޖް ނެތިގެން: އެޗްއީއޯސީ

މުޙައްމަދު އަހުމަދު
Dec 19, 2021

ބޫސްޓާ ޑޯޒަށް އާންމުކޮށް ހުޅުވާލުން ލަސްވަނީ ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ނެތިގެންކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެޗްއީއޯސީއިން ހާމަކުރާ ގޮތުގައި ފައިޒާ ވެކްސިންގެ 100620 ޑޯޒް މިހާތަނަށް ލިބިފައިވެ އެވެ. އަދި ވެކްސިން ޕްރަގްރާމް ފެށުމަށް ފެށުމަށް ބޭނުންވާ ތައްތާރީތައް ވަމުން އަންނަ ކަމަށެވެ. އަދި ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖް ހޯދުމަށް ދުނިޔޭގައިވެސް މިވަގުތު ދަތި ކަމަށްވެސް އެޗްއީއޯސީއިން ބުންޏެވެ.

ސިރިންޖް ލިބި އަދި ދެންހުރި އެހެނިހެން ތައްޔާރީތައް ނިމުމުން ވެކްސިން ޖަހަން ފަށާނެ ދުވަހެއް އިއުލާނު ކުރާނެ ކަމަށާއި އެހެންނަމަވެސް މިހާރު އޮތް ކެޓަގަރީތަކަށް ބޫސްޓާ ޑޯޒް ޖަހަމުން ގެންދާނެ ކަމަށް އެޗްއީއޯސީން ހާމަކުރެ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 366،165 މީހުން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވެ އެވެ. އަދި ބޫސްޓާ ޑޯޒް މިހާތަނަށް ޖަހާފައިވަނީ 22،093 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355