twitterviber whatsapp telegramfacebookyoutube instagram
17th October 2025

އެންމެ ބޮޑު އައިސް ބާގް އޭ68 ގެއްލިއްޖެ

ޚަދީޖާ އާދަމް
Apr 19, 2021

އޭ68 ގެ ނަމުން ނަން ދެވުނު، މިހާތަނަށް ފެނުނު އެންމެ ބޮޑު އައިސްބާގް އެއްކޮށްހެން ނެތިގެން ގޮސްފައިވާކަމަށް ޔޫއެސް ނޭޝަނަލް އައިސް ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން މިހެން ބުނެފައިވަނީ އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން މި އައިސްބާގްގެ އެތައް ބައިވައިރު އެތިކޮޅުތަކަށް ފުޑުވެފައިވާކަމަށް ދެއްކުމާއި ގުޅިގެންނެވެ.

އޭ68 އަކީ 6000 ސްކޮއާ ކިލޯމީޓަރު ބޮޑު 230 މީޓަރު އުސް، ބޮޑު އައިސްބާގެެކެވެ. މި އައިސްބާގު އެންޓާޓިކާ ސަރަހައްދާ ވަކިވެފައިވަނީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން އަހަރެއްހާ ދުވަހު އެއްތަނެއްގައި އޮތުމަށްފަހު މޫސުމަށާއި އޮއިވަރަށް އައި ބަދަލުތަކަކާއި ގުޅިގެން އެކި ހިސާބުތަކަށް އޭތި ދަތުރުކޮށްފައިވެއެވެ.

އެގޮތުން ސައުތް އެޓްލާންޓިކް ސަރަަހައްދުން އައިސްބާގް ވަނީ ބްރިޓިސް އޮވަރސީސް ޓެރިޓޮރީ ސަރަހައްދު ކަމަށްވާ ސައުތް ޖޯޖިއާ ދިމާއަށް ދަތުރުކޮށްފައެވެ. މިއީ އާންމުކޮށް އައިސްބާގުތައް މަރުވާން ދާ ހިސާބެއްކަމަށް އައިސް ސެންޓާއިން މައުލޫމާތު ދެއެވެ. ނަމަވެސް އޭ68 ނެތިގެން ދިޔައީ ހޫނުމިން މަތިވެ ލޮނުގަނޑުވެސް ހޫނުވުމުގެ ސަބަބުންކަމަށް ބެލެވޭ ކަމަަށްވެސް ބުނެފައި ވެއެވެ.

ސެޓްލައިޓު ފޮޓޯތަކުން ފެންނައިރު އޭ68 ހިވަނީ ކުޑަވަރެއްގެ ގައުމެއް ހެންނެވެ. އެހެންނަމަވެސް މިހާރު އޭތި ހަލާކުވެފައިވާއިރު މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ތިމާވެއްޓަށް ދިމާވާގެއްލުން ދައްކައިދިން ބޮޑު ހެއްކެއްކަމަށް ސައިންސްވެރިން ދެކެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355