twitterviber whatsapp telegramfacebookyoutube instagram
10th November 2026

ރެސިޕީ: ޗޮކްލެޓް މޫސް ކޭކު

Apr 20, 2021

ޗޮކްލެޓް މޫސް ކޭކު

ބޭނުންވާ ތަކެތި:

  • ½ ޖޯޑު ޒުވާރި ފުށް
  • ¼ ޖޯޑު ކޮކޯ ޕައުޑާ
  • 4 ޖޯޑު ކިރު
  • ½ ޖޯޑު ހަކުރު
  • ½ ޖޯޑު ވިޕިން ކްރީން
  • ½ ޑާކް ޗޮކްލެޓް (ގާނާފަ، ޑާކް ޗޮކްލެޓްގެ ބަދަލުގައި ބޭނުން ވައްތަރެއްގެ ޗޮކްލެޓެއް ބޭނުން ކުރެވިދާނެ)
  • 1 ސައިސަމުސާ ވެނީލާ އެސެންސް
  • ކުޑަ ލޮނުކޮޅެއް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ޒުވާރިފުށްކޮޅާ ކޮކޯ ޕައުޑާކޮޅާ އެއްކޮށްލާށެވެ. ދެން އޭގެތެރެއަށް ކިރުކޮޅުއަޅާ އެއްކޮށްލާށެވެ. ކިރުކޮޅު އަޅަމުންދާއިރު މަޑުމަޑުން ގިރަން ވާނެއެވެ. އެއްކޮށްގިރާ ނިމުމުން ތެއްޔަކަށް ފުރާނާލާށެވެ. ދެން ހަކުރާއި ވިޕިން ކްރީމް ކޮޅުއަޅާ މަޑުގިނީގައި ކައްކާލާށެވެ. ކައްކަމުން ދާއިރުވެސް މަޑުމަޑުން ހާކަން ވާނެއެވެ. އެއްކޮށް އޮލަވަންދެން ކެއްކުމަށްފަހު ޗޮކްލެޓްކޮޅުއާ އެއްކޮށް ވިރެންދެން ކައްކާލާށެވެ.

ދެން އޭގެ ތެރެއަށް އެސެންސް ކޮޅުއަޅާ އެއްކޮށްލުމަށްފަހު ޓްރޭއަކަށް އަޅާލާށެވެ. ޓްރޭގައި ބޭކިން ޕޭޕާއަޅަން ވާނެއެވެ. އެހެން ނޫންނަމަ ކޭކު ނައްޓަން އުދަނގުވާނެއެވެ. ފްރިޖްގައި މަދުވެގެން 8 ގަޑިއިރު ކޭކު ބައިދަން ވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293